[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަށުނަމާދު ކުރާ ގޮތް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:

މިލިޔުމުގައި ވަރަށް ޚުލާޞާކޮށް އަލިއަޅުވާލާފައިވާނީ ކަށުނަމާދު ކުރާ ގޮތަށެވެ.

 

މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރާ ގޮތް:

* ކަށުނަމާދުގައި ނަބިއްޔާ صلي الله عليه وسلم، ހަތަރު ތަކުބީރު ވިދާޅުވިކަން ޘާބިތުވެފައިވެއެވެ. [1] އަދި ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީވެސް ކަށުނަމާދުގައި ހަތަރު ތަކުބީރު ކިޔުމަށެވެ. [2]

* ފުރަތަމަ ތަކުބީރަށްފަހު: ކިޔާނީ ސޫރަތުލް ފާތިޙާއެވެ.

* ދެވަނަ ތަކުބީރަށްފަހު: އައްތަޙިއްޔާތުގައި ކިޔާ ފަދައިން ނަބިއްޔާ صلي الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔާނީއެވެ. [3]

* ތިންވަނަ ތަކްބީރަށްފަހު: މައްޔިތާގެ މައްޗަށް ދުޢާކުރާނީއެވެ.

* ހަތަރުވަނަ ތަކްބީރަށްފަހު: ސަލާމްދޭނީއެވެ. [4]

* ކޮންމެ ތަކްބީރަކަށް އަތް އުފުލުން އެދެވިގެންވެއެވެ. [5]

ކަށުނަމާދުގައި ކިޔާ ބައެއް ދުޢާތަކާއި ޛިކުރުތައް:

* ދެވަނަ ތަކުބީރަށް ފަހު އަންނަނިވި ޞީޣާއިން ޞަލަވާތް ކިޔެވިދާނެއެވެ.

((اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ)). [6]

* ތިންވަނަ ތަކުބީރަށް ފަހު ކިޔުމަށް ވާރިދުވެފައިވާ ދުޢާތަކުގެ ތެރޭގައި އަންނަނިވި ދުޢާ ހިމެނެއެވެ.

((اللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا، وَشَاهِدِنَا وَغَائِبِنَا، وَصَغِيرِنَا وَكَبِيرِنَا، وَذَكَرِنَا وَأُنْثَانَا، اللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الْإِسْلَامِ، وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الْإِيمَانِ، اللَّهُمَّ لَا تَحْرِمْنَا أَجْرَهُ، وَلَا تُضِلَّنَا بَعْدَهُ)). [7]

* މައިންބަފައިންނަށްވުރެ ކުރިން މަރުވެފައިވާ ކުޑަކުއްޖެއްނަމަ، ދުޢާކޮށްދޭނީ އެކުއްޖާގެ މައިންބަފައިންނަށްޓަކައެވެ. [8] އެގޮތުން އަންނަނިވި ދުޢާ ކުރެވިދާނެއެވެ.

“اللهُمَّ اجْعَلْهُ لَنَا سَلَفًا وَفَرَطًا وَذُخْرًا”. [9]

 

___________________________________

[1] صحيح البخاري / كتاب: مناقب الأنصار/ باب: موت النجاشي/ رقم الحديث: 3879 ، وصحيح مسلم / كتاب: الجنائز / باب: في التكبير على الجنازة / رقم الحديث: 64 – (952).

[2] ބައްލަވާ: الموسوعة الفقهية الكويتية (13/211).

[3] ބައްލަވާ: أحكام الجنائز وبدعها للألباني (ص: 156).

[4] ބައްލަވާ: أحكام الجنائز وبدعها للألباني (ص: 162 – 163).

[5] ބައްލަވާ: زاد المعاد لابن القيم (1/492).

[6] صحيح البخاري / كتاب: أحاديث الأنبياء/ رقم الحديث: 3370.

[7] سنن ابن ماجه / كتاب: الجنائز/ باب: ما جاء في الدعاء في الصلاة على الجنازة / رقم الحديث: 1498 وصححه الألباني في مشكاة المصابيح برقم: (1675).

[8] ބައްލަވާ: الشرح الممتع للعثيمين (5/330).

[9] السنن الكبرى للبيهقي / جماع أبواب عدد الكفن وكيف الحنوط/ باب: السقط يغسل ويكفن ويصلى عليه إن استهل أو عرفت له حياة / رقم الحديث: 6794 وحسنه الألباني في أحكام الجنائز (ص: 161) وهو أثر موقوف رُوي عن أبي هريرة – رضي الله عنه – .