[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 2

  • ޔޫސުފުގެފާނުގެ އަޚުންގެ ޙަސަދަ

 

ޔޫސުފުގެފާނުގެ އެހެން އަޚެއްވެސް ހުރެއެވެ. ނަންފުޅަކީ ބިންޔާމީނު އެވެ. ޔަޢުޤޫބުގެފާނު މި ދެ ބޭކަނލުންނަށް ވަރަށް ބޮޑަށް ލޯބިވެވަޑައިގަންނަވައެވެ. އެކަލޭގެފާނު އެހެން އެއްވެސް ދަރިޔަކަށް ލޯބި ނުވާވަރަށް މި ދެ ބޭފުޅުން ދެކެ ލޯބިވެވަޑައިގަންނަވައެވެ. މިކަމާ ދެން ތިބި ކުދިން ޙަސަދަ ވެރިވިއެވެ. އަދި ރުޅި އައިސްފިއެވެ. އެ ކުދިން ބުންޏެވެ. އަހަރުމެންނަށް ވުރެ ބޮޑަށް ޔޫސުފުގެފާނާއި ބިންޔާމީނުދެކެ ބައްޕަ ލޯބިވަނީ ކީއްވެ ހެއްޔެވެ؟

އަހަރުމެންނަށް ވުރެ ކުޑަ އަދި ނިކަމެތި ދެކުދިންނަށް ވާއިރުގައި އަހަރުމެންނަށް ވުރެ ބޮޑަށް ޔޫސުފުގެފާނާއި ބިންޔާމީނުދެކެ ބައްޕަ ލޯބިވަނީ ކީއްވެ ހެއްޔެވެ؟

އަދި އަހަރުމެންނަކީ ޒުވާން ބާރުގަދަ ބަޔަކަށް ވާއިރުވެސް، ޔޫސުފުގެފާނާއި ބިންޔާމީނުދެކެ ބައްޕަ ލޯބިވާ ފަދައިން އަހަރުމެންދެކެ ލޯބި ނުވަނީ ކީއްވެ ހެއްޔެވެ؟ މި ކަންތައްތައް އެ އަޚުންނަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ.

އެއަޚުން، މިކަމާ ވަރަށް ބޮޑަށް ރުޅި އައިސްފިއެވެ. އަދި ޔޫސުފުގެފާނާމެދު އެމީހުން ޙަސަދަވެރިވެއްޖެއެވެ.

ޙަސަދައަކީ ކޮންޗެއްކަން ތިޔަކުދީންނަށް އެނގޭ ހެއްޔެވެ؟

ޙަސަދައަކީ މީހަކަށް ލިބިފައިވާ ނިޢުމަތެއް ފިލާދިޔުމަށް އުއްމީދުކުރުމެވެ.

އެއްދުވަހަކު ޔޫސުފުގެފާނުގެ އަޚުން ވަކި ތަނަކަށް އެއްވެއްޖެއެވެ. ޔޫސުފުގެފާނާއި މެދު ކަންތައް ކުރާނެގޮތަކާމެދު މި މީހުން މަޝްވަރާކުރަން ފަށައިފިއެވެ. އެއްބަޔެއްގެ ޚިޔާލަކަށްވީ ޔޫސުފުގެފާނު މަރާލުމަށްފަހު ދުރުތަނަކަށް އެކަލޭގެފާނުގެ ހަށިކޮޅު އެއްލާލުމެވެ. ޝައިޠާނާ އެބައިމީހުންނަށް ވަސްވާސް ދިނީ، އޭރުން ޔަޢުޤޫބުގެފާނު ލޯބި އެމީހުންނަށް ލިބޭނެކަމަށެވެ. އޭގެ ތެރެއިން އެކަކު ބުންޏެވެ. ޔޫސުފުގެފާނު މަރާ ނުލާށެވެ. ނަމަވެސް ތިޔަބައިމީހުން ދުރު ހިސާބަކަށް ގޮސް ވަޅަކަށް ޔޫސުފުގެފާނު ލާށެވެ. އޭރުން އެ ހިސާބަށް ފެންބޯން އަންނަ ދަތުރުވެރިން ޔޫސުފުގެފާނު ނަގައިގެން ދުރު ތަނަކަށް ގެންގޮސްދާނެއެވެ. މި ޚިޔާލަށް އެންމެން ތާއީދުކޮށްފިއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ޔޫސުފްގެފާނުގެ ވާހަކަ