[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 4

  • ސަހަރާއަށް ދިއުން

 

ޔޫސުފުގެފާނު ގޮވައިގެން ދިއުމަށް އެމީހުންގެ ބައްޕާފުޅު ހުއްދަދެއްވުމުން ވަރަށް ބޮޑަށް އެމީހުން އުފާވިއެވެ. ޔޫސުފުގެފާނު ގޮވައިގެން އެބައިމީހުން ދަތުރު ފެއްޓިއެވެ. ސަހަރާއަށް ދެވުމުން، އެތަނުގައި ހުރި ފުން ވަޅަކަށް، ޔޫސުފުގެފާނު ވައްޓާލިއެވެ. ތުއްޕުޅު ޔޫސުފުގެފާނަށް އެކަލޭގެފާނުގެ އަޚުން އޯގާތެރިކަމެއް ނުބެހެއްޓެވިއެވެ. އަދި އެމީހުންގެ ބައްޕާފުޅު މުސްކުޅި ޔަޢުޤޫބުގެފާނަށް ވެސް ރަޙުމެއް ނުބެހެއްޓިއެވެ. އެ ފުން އަނދިރި ވަޅުގައި، ތުއްޕުޅު ޔޫސުފުގެފާނު އެކަނި ހުންނެވިއެވެ. އެހެނެތް ކަމަކު ﷲ ޔޫސުފުގެފާނަށް އުފާވެރި ޚަބަރު ދެއްވިއެވެ. ހިތާމަނުކުރައްވާށެވެ! ބިރުފުޅުނުގަންނާށެވެ! ހަމަކަށަވަރުން ﷲ ވަނީ ތިބާ އާއި އެކުގައެވެ! އަދި ފަހުން ތިބާއަށް ވަރަށް ބޮޑު ކަމެއް މިންވަރުކޮށްދެއްވާ ހުށީމެވެ! ތިބާއަށްޓަކައި ތިބާގެ އަޚުން އެއްކުރައްވާހުށީމެވެ. އޭރުން އެމީހުން ތިބާއާމެދު ޢަމަލުކުރިގޮތުގެ ޚަބަރު އެމީހުންނަށް ދެއްވާށެވެ.

ޔޫސުފުގެފާނު ވަޅަށް އެއްލައިލުމަށްފަހު، އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުންޏެވެ. ބައްޕާފުޅު ގާތުގައި އަހަރެމެން ބުނާނީ ކީކޭ ހެއްޔެވެ؟ އެއްބަޔަކު ބުންޏެވެ. މިނިކާވަގެއް ޔޫސުފު ކާލަފާނެކަމަށްޓައި، ބިރުފުޅު ވަޑައިގަންނަވާކަމުގައި ބައްޕާފުޅު ވިދާޅުވިއެވެ. އަހަރުމެން ބައްޕާފުޅަށް ދަންނަވާހުށީމެވެ. އޭ ބައްޕާއެވެ! ބައްޕާފުޅު އޭރު ދެންނެވީ ތެދުފުޅެކެވެ. ހަމަޔަޤީނުން ވެސް މިނިކާވަގެއް އައިސް ޔޫސުފުގެފާނު ކާލައިފިއެވެ.

އެހެން އަޚުން ބުންޏެވެ. އެކަމަކު މިނިކާވަގު ޔޫސުފުގެފާނު ކާލިކަމުގެ ހެއްކަކީ ކޮބާ ހެއްޔެވެ؟ ޖަވާބުގައި އަނެއްބައި އަޚުން ބުންޏެވެ. ހެއްކަކީ ލެޔެވެ. ދެން އެމީހުން ރަށުން ގެނައި ކަންބަޅިއެއް ކަތިލައިފިއެވެ. ދެން ޔޫސުފުގެފާނު ލައިގެން ހުރި ގަމީސް އެކަލޭގެފާނުގެ ހަށިކޮޅާއި ވަކިކޮށްފިއެވެ. ދެން އެ ގަމީހުގައި ކަންބަޅީގެ ލޭ ހާކައިފިއެވެ. ދެން އެއްބަޔަކު އަނެއް ބަޔަކަށް ބުންޏެވެ. މިހާރު އަހަރުމެންގެ ވާހަކަ ބައްޕާފުޅަށް ޤަބޫލު ކުރެވޭނެއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ޔޫސުފްގެފާނުގެ ވާހަކަ