[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 5

  • ޔަޢުޤޫބުގެފާނުގެ ކުރިފުޅުމަތީގައި

 

﴿وَجَاءُوا أَبَاهُمْ عِشَاءً يَبْكُونَ﴾ [1]

މާނަ: “އަދި ޢިޝާ ވަގުތުގައި، އެބައިމީހުން ބައްޕަގެ އަރިހަށް ރޮމުން އައެވެ.”

﴿قَالُوا يَا أَبَانَا إِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِندَ مَتَاعِنَا فَأَكَلَهُ الذِّئْبُ﴾ [2]

މާނަ: “އެމީހުން ދެންނެވިއެވެ. އޭ އަހަރުމެންގެ ބައްޕާއެވެ! ތިމަންމެންގެ ސާމާނުތަކުގެ ކައިރީގައި ޔޫސުފުގެފާނު ބަހައްޓާފައި، ތިމަންމެން ވާދަކުރުމަށް ދިޔައީމެވެ. ދެން މިނިކާވަގެއް އައިސް، އެކަލޭގެފާނު ކާލައިފިއެވެ.”

﴿وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍ﴾ [3]

މާނަ: “އަދި އެމީހުން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައެވެ.”

އެމީހުން ބުންޏެވެ. މިއީ ޔޫސުފުގެފާނުގެ ލެއެވެ.

ޔަޢުޤޫބުގެފާނަކީ ނަބީބޭކަލެކެވެ. މުސްކުޅި ބޭފުޅެކެވެ. އެކަލޭގެފާނުގެ ދަރީންނަށްވުރެ އެކަލޭގެފާނު ބުއްދިވެރިއެވެ. އެމީހުން ހުރީ އެ ޤަމީހުގައި ލޭ ހާކާފައެވެ.

އެއީ ޔޫސުފުގެފާނުގެ ލޭ ނޫންކަން، ޔަޢުޤޫބުގެފާނަށް އެނގިވަޑައިގަންނަވައެވެ. މިނިކާވަގެއް ޔޫސުފުގެފާނު ކާލިކަމަށް އެމީހުން ދައްކާ ވާހަކައަކީ ހަދަހަދައިގެން ދައްކާ ވާހަކައެއްކަން ޔަޢުޤޫބުގެފާނަށް އެނގިވަޑައިގަންނަވައެވެ. ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރީންނަށް ވިދާޅުވިއެވެ. ހަމަޔަޤީނުންވެސް ތިއީ ތިޔަބައިމީހުން ހަދައިގެން އުޅޭ ވާހަކައެކެވެ.

އަދި ވިދާޅުވިއެވެ.

﴿فَصَبْرٌ جَمِيلٌ﴾[4]

މާނަ: “(ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ.”

ޔޫސުފުގެފާނު ވަކިވެ ދިއުމުން ޔަޢުޤޫބުގެފާނު ވަރަށް ބޮޑަށް ހިތާމަކުރެއްވިއެވެ. އެކަމަކު ރީތިވެގެންވާ ކެތްތެރިވުމަކުން އެކަލޭގެފާނު ކެތްތެރިވެވަޑައިގަތެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ޔޫސުފްގެފާނުގެ ވާހަކަ

 

[1] يوسف 16

[2] يوسف 17

[3] يوسف 18

[4] يوسف 18