-
ޔޫސުފުގެފާނު ވަޅުގައި
ޔޫސުފުގެފާނުގެ އަޚުން، އެކަލޭގެފާނު ވަޅަށްލުމަށްފަހު، އެނބުރި ގެއަށް އަތުވެއްޖެއެވެ. އެމީހުން ގެއަށް އައިސް، ކެއުމާއި މަޖަލުގައި ތިބުމަށްފަހު ނިދިން އަރާމު ލިބިގެންފިއެވެ. ޔޫސުފުގެފާނު ހުންނެވީ އެކަނި މައިއެކަނި ވަޅުގައެވެ. އެއީ އަރާމު ތަންމައްޗެއް ނޫނެވެ. އެކަލޭގެފާނު ހުންނެވީ އެއްވެސް އެއްޗެއް ނުކައެވެ. ބަނޑުހައި ހޫނުކަންމަތީގައެވެ. އެކަލޭގެފާނުގެ އަޚުން ޔޫސުފުގެފާނުގެ މަތިން ހަނދާން ނައްތާލުމަށް ފަހު ނިދައިފިއެވެ. ޔޫސުފުގެފާނަކަށް ނުނިދުނެވެ. އެއްވެސް މީހެއްގެ މަތިން ހަނދާނެއް ނުނެތުނެވެ. ޔަޢުޤޫބުގެފާނު، ޔޫސުފުގެފާނުގެ މަތިން ހަނދުމަކުރެއްވުމުގައި ދެމިހުންނެވިއެވެ. ހަމައެފަދައިން ޔޫސުފުގެފާނުވެސް އެކަލޭގެފާނުގެ ބައްޕާފުޅުގެ މަތިން ހަނދުމަކުރެއްވުމުގައި ދެމިހުންނެވިއެވެ.
އެއްވެސް ދިރުމެއް ނެތް ސަހަރާއެއްގައި، އަނދިރި ރެއެއްގައި، ފުން ވަޅެއްގައި ޔޫސުފުގެފާނު ގިނިކަންޏާ ހުންނެވިއެވެ.
___________________
މަޞްދަރު: قصص النبيين للأطفال