މިމައްސަލަ ނިންމާލަމުން ބަހުގެ އަހުލުވެރިންގެ އަރިހުގައި “ތަދްވީނު” ކުރުމާއި “ތަޞްނީފު” މިދެލަފްޡުގެ ތަފާތު ގެނެސްދޭނަމެވެ. އެހެނީ އެކަން އެނގުމުން ވަރަށް ގިނަ އޮޅުންތައް ސާފުވެގެންދާނެއެވެ.
ފަހެ “ތަދްވީނު” ކުރުމަކީ: ވިއްސިވިހާލެވިފައިވާ އެއްޗެއް އެއްކުރުމެވެ. އެގޮތުން ދީވާނެއްގައި ނުވަތަ ފޮތެއްގެ ޞުޙުފުތަކެއް އެއްކުރުމަށް ތަދްވީނޭ ކިޔައެވެ. “އަލްޤާމޫސް” ގައި އައިސްފައިވެއެވެ.
“ތަދްވީނަކީ ޞުޙުފުތައް ޖަމާކުރާ ތަނެވެ.” [1]
އަދި ތާޖުލް އަރޫސްގައިވެއެވެ.
“ތަދްވީނުކުރުމަކީ ޖަމާކުރުމެވެ.” [2]
މިމާނައަށް ބަލާއިރު “ތަޤްޔީދު” ގެ މާނައަށްވުރެވެސް ތަދްވީނުގެ މާނަ މާ ތަނަވަހެވެ.
“ތަޞްނީފު” ކުރުމަކީ: ތަދްވީނުކުރުމަށް ވުރެވެސް ޙާއްޞަ ކަމެކެވެ. އެހެނީ ތަޞްނީފުކުރުމުގައި އެ ތަދްވީނުކުރި އެއްޗެއް ފަޞްލުތަކަށާއި ބާބުތަކަށް ބެހުން ހިމެނެއެވެ.
ތާޖުލް އަރޫސްގައި އައިސްފައިވެއެވެ.
“ތަޞްނީފުކުރުމަކީ އޭގެ ބައިތައް ވަކިކޮށް އެކަތި އަނެކައްޗާ ވަކިކުރެއެވެ.”
އަދި އަލްފާއިޤުގައި އައިސްފައިވެއެވެ.
“ފޮތްތައް ތަޞްނީފުކުރުމަށް އެފަދައިން ކިޔަނީ އެހެންވެއެވެ.” [3]
= ނުނިމޭ =
_________________________
[1] القاموس المحيط للفيروزآبادي 4 / 226 مادة: دون.
[2] انظر: تاج العروس 9 / 204 مادة: دون.
[3] المصدر السابق 6 / 168 مادة: صنف.