[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 61

ދެވަނައީ: ސުންނަތް ރައްކާކޮށް އުންމަތަށް ފޯރުކޮށްދެއްވުމަށްޓަކައި ޞަޙާބީ ބޭކަލުން رضي الله عنهم ކުރެއްވި މަސައްކަތްޕުޅު

އެބަރަކާތްތެރި ޖީލުގެ ބޭކަލުން ކުރެއްވި މަސައްކަތްޕުޅުތަކަކީ ސުންނަތް ރައްކާތެރިކޮށް މީސްތަކުން ފޯރުކޮށްދިނުމުގައި އެންމެ ފުރަތަމަ އެޅުނު ބިންގަލެވެ. އެއީ އިސްލާމްދީން ފަތުރައި އިސްލާމީ ޢަޤީދާ ބިންވަޅު ނެގުމުގައި އެބޭކަލުން މަސައްކަތްކުރި ފަދައިންނެވެ. އެބޭކަލުންވަނީ ސުންނަތް ކިލަނބުކޮށްލަފާނެ ހުރިހާކަމަކުން އެ ޙިމާޔަތްކޮށްފައެވެ.

ތިރީގައި މިވަނީ އެބޭކަލުން ކުރެއްވި މަސައްކަތްޕުޅުގެ ބައެއް މިޘާލުތަކެވެ. މިތަނުގައި މިޘާލުތަކެއް ގެނެސްފައި މިފުއްދާލަނީ އޭގެ ގިނަ މިޘާލުތަކެއް ގެނެސްފައިވާ މަޞްދަރުތަކަށް ނުވަތަ ހުރިހާ މިޘާލުތަކެއް އެއްކުރެވޭތޯ މަސައްކަތްކޮށްފައިވާ މަޞްދަރުތަކަށް އިޝާރާތްކުރަމުންނެވެ. [1] އެހެނީ މިމަޤާމަކީ މިއަށް ވުރެ ގިނަ މިޘާލުތަކެއް ގެނައުމަށް ތަނަވަސްވެގެންވާ މަޤާމަކަށް ނުވާތީއެވެ.

1- ޙަދީޘް ހިތުދަސްކުރުމަށް ބާރުއެޅުއްވުމާއި އެދަސްކުރެއްވި މިންވަރެއް ހަރުލެއްވުމަށް މަސައްކަތްކުރެއްވުން. އެގޮތުން އޭގެ ތެރެއިން ވަރަށް ގިނަ ބޭކަލުން އެބޭކަލުންގެ ދަރިވަރުންނަށް (ޙަދީޘް) ލިޔުމަށް އަމުރުކުރެއްވިއެވެ. އެއީ ހިތުދަސްކުރި އެއްޗެއް ބޮޑަށް ހަރުލެއްވުމަށެވެ. އެއަށްފަހުގައި އެ ލިޔުނު އެއްޗެއް ފުހުމަށް އަމުރުކުރައްވައެވެ. އެއީ އެލިޔާ އެއްޗަކަށް ބަރޯސާ ވެދާނެތީއެވެ.

އަލްޚަޠީބުލް ބަޣްދާދީ ވިދާޅުވިއެވެ.

“ސަލަފުންގެ އެތައް ބޭކަލުންނެއް ޙަދީޘް ދަސްކުރެއްވުމަށްޓަކައި ޙަދީޘް ލިޔުއްވާ އުޅުއްވިއެވެ. އަދި އެ ލިޔުނު އެއްޗަކުން ކިޔަވާ ވިދާޅުވުމަށް ފަހުގައި ރަނގަޅަށް ދަސްވުމުން އެ ފޮހެލައްވައެވެ. އެއީ ލިޔެފައިވާ އެއްޗަކަށް ބަރޯސާވުމުން ހިތުދަސްކުރުމުގެ ބާރު ދަށްވެދާނެތީއާއި ހިތުދަސްކުރުމާމެދު ފަރުވާކުޑަވެދާނެތީއެވެ.” [2]

= ނުނިމޭ =

_________________________
އެހެނިހެން ބައިތައް

[1] މިޘާލަކަށް އަލްޚަޠީބުލް ބަޣްދާދީގެ تقييد العلم އާއި އިބްނު ޢަބްދުލްބައްރުގެ جامع بيان العلم އާއި މުޙައްމަދު މުޞްޠަފާ އަލްޢައުޡަމީގެ دراسات في الحديث النبوي އެވެ.

[2] تقييد العلم للخطيب ص: 58.