[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 62

2- އެއްބޭކަލަކު އަނެއް ބޭކަލަށް ސުންނަތުގައިވާ ޙަދީޘް ބަސްފުޅުތައް ފޮނުއްވުން. އަންނަނިވި މިޘާލުތަކުން އެކަން ހާމަވެގެންދާނެއެވެ. [1]

ހ. أسيد بن حضير الأنصاري – رضي الله عنه – ވަނީ ބައެއް ޙަދީޘްތަކާ އަދި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނުގެ ބައެއް ނިޔާފުޅުތައް مروان بن الحكم އަށް ފޮނުއްވާފައެވެ. [2]

ށ. އަދި جابر بن سمرة – رضي الله عنه – ވަނީ عامر بن سعد بن أبى وقاص ގެ އެދިލެއްވުމަކަށް އެކަލޭގެފާނަށް ބައެއް ޙަދީޘްތައް ފޮނުއްވާފައެވެ. [3]

ނ. އަދި زيد بن أرقم رضي الله عنه ވަނީ ބައެއް ޙަދީޘްތައް أنس بن مالك رضي الله عنه އަށް ފޮނުއްވާފައެވެ. [4]

ރ. އަދި (ވާރުތަ މުދާ ބަހާއިރު) ކާފައަށް ޙައްޤުވާ މިންވަރާ ބެހޭގޮތުން، ޢުމަރުގެފާނުގެ އެދިލެއްވުމަށް زيد بن ثابت އެކަލޭގެފާނަށް ލިޔުއްވިއެވެ. [5]

ބ. އަދި سمرة بن جندب އެކަލޭގެފާނުގެ އަތުގައިވާ ޙަދީޘްތައް އެއްކުރައްވާ، އެކަލޭގެފާނުގެ ދަރިކަލުން سليمان އަށް ފޮނުއްވިއެވެ. މިސިޓީފުޅަށް ޘަނާ ވިދާޅުވަމުން އިމާމު محمد بن سيرين ވިދާޅުވިއެވެ. “ސަމުރާގެފާނުގެ މި ސިޓީފުޅުގައި ވަރަށް ގިނަ ޢިލްމުވެއެވެ.” [6]

ޅ. އަދި عبد الله بن أبي أوفى ވަނީ ޙަދީޘްތަކެއް عمر بن عبيد الله އަށް ފޮނުއްވާފައެވެ. [7]

= ނުނިމޭ =

_________________________

އެހެނިހެން ބައިތައް

 

[1] د. محمد مصطفى الأعظمي އެބޭފުޅާގެ ފޮތް دراسات في الحديث النبوي (1 / 92 – 142) ގެ ހަތަރުވަނަ ބާބުގެ ފުރަތަމަ ފަޞްލުގައި އޭގެ ވަރަށް ގިނަ މިޘާލުތައް ގެންނަވާފައިވެއެވެ. .

[2] انظر: مسند الإمام أحمد 4 / 226.

[3] أخرج ذلك الإمام مسلم في صحيحه – كتاب الإمارة ح 10، والإمام أحمد في المسند 5 / 89.

[4] انظر: مسند الإمام أحمد 4 / 370 – 374، وتهذيب التهذيب لابن حجر 3 / 394.

[5] سنن الدارقطني 4 /93 – 94.

[6] تهذيب التهذيب 4 / 236 – 237، وانظر: سنن أبي داود 1 / 314 – 315 ح 456.

[7] أخرجه البخاري في كتاب الجهاد من صحيحه – الباب 22، ومسلم في الجهاد أيضاً ح 20.