-
ހުވަފެން މާނަކުރެއްވުން
އެބައިމީހުންނަށް ނަސޭހަތް ދިނުމަށްފަހު، އެމީހުންނަށް ފެނުނު ހުވަފެނުގެ މާނަ ޔޫސުފުގެފާނު، އެމީހުންނަށް ކިޔައިދެއްވިއެވެ. ޔޫސުފުގެފާނު ވިދާޅުވިއެވެ.
﴿أَمَّا أَحَدُكُمَا فَيَسْقِي رَبَّهُ خَمْرًا﴾ [1]
މާނަ: “ތިޔަ ދެމީހުންކުރެ އެކަކު ދަންނާށެވެ! ފަހެ އޭނާގެ ސާހިބުމީހާއަށް އޭނާ ރާ ދޭނެއެވެ.”
﴿وَأَمَّا الْآخَرُ فَيُصْلَبُ فَتَأْكُلُ الطَّيْرُ مِن رَّأْسِهِ﴾ [2]
މާނަ: “އަދި އަނެކަކު ދަންނާށެވެ! ފަހެ، އޭނާ ސަލީބަށް އެރުވޭނެއެވެ. ދެން އޭނާގެ ބޮލުން ދޫނި ކާނެއެވެ.”
އަދި އެތަނުގައި ތިބި ދެމީހުންގެ ތެރެއިން ފުރަތަމަ މީހާއަށް ވިދާޅުވިއެވެ.
﴿وَقَالَ لِلَّذِي ظَنَّ أَنَّهُ نَاجٍ مِّنْهُمَا اذْكُرْنِي عِندَ رَبِّكَ﴾ [3]
މާނަ: “އެ ދެ މީހުންކުރެ ސަލާމަތްވާނެކަމަށް ހީކުރެއްވި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވާހަކަ، ތިބާގެ ސާހިބުމީހާގެ ގާތުގައި ކިޔައިދޭށެވެ!”
އެ ދެ މީހުން ޖަލުން ނެރެވުނެވެ. ފުރަތަމަ މީހާވީ ރަސްގެފާނަށް ރާފޮދު އަރުވާ މީހަކަށެވެ. ދެވަނަ މީހާ ސަލީބަށް އެރުވި ޤަތުލުކުރެވިގެން ދިޔައެވެ. ޔޫސުފުގެފާނުގެ ވާހަކަ ރަސްގެފާނުގެ އަރިހުގައި ދައްކަން ރާފޮދު އަރުވާމީހާ ހަނދާން ނެތުނެވެ. އެކަމުގެ ސަބަބުން ޔޫސުފުގެފާނަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވިއެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] يوسف 41
[2] يوسف 41
[3] يوسف 42