[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 13

  • ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެން

 

ރަސްގެފާނަށް ވަރަށް ހައިރާންކުރަނިވި ހުވަފެނެއް ފެނިވަޑައިގަތެވެ. ފެނިވަޑައިގަތީ ހިކި ހަތް ގެރި، ފަލަ ހަތް ގެރި ކާތަނެވެ. ދެން ފެނިވަޑައިގަތީ ފެހި ހަތް ކުރާގަނޑާއި ހިކި ހަތް ކުރާގަނޑެވެ. (ކުރާގަނޑަކީ: ގޮވާން ގަސްގަހުގެ ކުރިން ނުކުންނަ އޮށްޓަރު ހުންނަ މާކޯޅިއަށް ކިޔާ ނަމެކެވެ.) ފެނިވަޑައިގެންނެވި ހުވަފެންފުޅާމެދު ރަސްގެފާނު ހައިރާންވެވަޑައިގަތެވެ. އެ ހުވަފެނުގެ މާނައާމެދު މަޖިލީހުގައި ތިބި މީހުންނާއި ސުވާލުކުރެއްވިއެވެ. އެމީހުން ދެންނެވިއެވެ. ތި ހުވަފެނުގައި އެއްވެސް މާނައެއް އެކުލެވިގެންނެއް ނުވެއެވެ. ޙަޤީޤަތާއި ޚިލާފު އެތައްކަމެއް ނިދާފައި އޮންނަ މީހާއަށް ފެނެއެވެ.

އެހިނދު ރަސްގެފާނުގެ ރާފޮދު އަރުވާ މީހާ، އެތައް ދުވަހެއް ފަހުން ޔޫސުފުގެފާނުގެ މަތިން ހަނދާންވިއެވެ. އޭނާ ރަސްގެފާނަށް ދެންނެވިއެވެ. ނޫނެކެވެ. ތި ހުވަފެނުގެ މާނަ އަހަރެން ކިޔައިދޭނަމެވެ. އެއަށްފަހު އޭނާ ޖަލަށް ދިޔައެވެ. ރަސްގެފާނަށް ފެނިވަޑައިގަތް ހުވަފެނާއި މެދު ޔޫސުފުގެފާނާ އޭނާ ސުވާލުކުރިއެވެ.

އެކަލޭފާނަކީ ﷲ ގެ ޚަލްޤުތަކުންނަށް ރަޙުމްކުރައްވާ، އޯގާތެރި ބޭކަލެކެވެ. އެކަލޭގެފާނަކީ ދީލަތި ބޭކަލެކެވެ. ދަހިވެތިކަމެއް ހުރި ބޭކަލެއް ނޫނެވެ. ރަސްގެފާނަށް ފެނިވަޑައިގަތް ހުވަފެނުގެ މާނަ، އެކަލޭގެފާނު އޭނާއަށް ކިޔަދެއްވިއެވެ. އަދި ޢަމަލުކުރަންވީ ގޮތްވެސް ކިޔައިދެއްވިއެވެ.

ޔޫސުފުގެފާނު ވިދާޅުވިއެވެ. ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާށެވެ. އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް ފިޔަވައެވެ. ދެން އެއަށް ފަހު ތަދު ހަތް އަހަރު އަންނާނެއެވެ. ތިޔަބައިމީހުން ރައްކާކުރި ތަކެތިން މަދުއެތިކޮޅެއް މެނުވީ، އެ އަހަރުތަކަށް ބަހައްޓާފައިހުރި ތަކެތި ތިޔަބައިމީހުން ކައި ހުސްކުރާނެއެވެ. ދެން އެއަށް ފަހު ނަޞްރު އަންނާނެއެވެ. އެބަހީ ވާރޭފެން ގިނައިން ލިބޭނޭ އަހަރެއް އަންނާނެއެވެ.

ހުވަފެނުގެ މާނަ އިވުމުން، ރަސްގެފާނަށް ރާފޮދު އަރުވާ މީހާ، ރަސްގެފާނުގެ އަރިހަށް ގޮސް ޔޫސުފުގެފާނު ވިދާޅުވިގޮތަށް ހުވަފެނުގެ މާނަ ކިޔައިދިނެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ޔޫސުފްގެފާނުގެ ވާހަކަ