-
ޖަލުން ޔޫސުފުގެފާނު މިނިވަންކުރެއްވުމަށް ރަސްގެފާނު އެންގެވުން
ހުވަފެނުގެ މާނަ ރަސްގެފާނަށް އިވިވަޑައިގަތުމުން ވަރަށް ބޮޑަށް އުފާކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ހުވަފެނުގެ މާނަ ކުރެއްވީ ކާކު ހެއްޔެވެ؟ އަހަރުމެންނަށް ނަސޭހަތް ދީ އަދި ޢަމަލުކުރަން ޖެހޭ ގޮތް ބުނެދިން މި މާތް މީހަކީ ކާކު ހެއްޔެވެ؟ އެހިނދު ރަސްގެފާނަށް ރާފޮދުއަރުވާ މީހާ ދެންނެވިއެވެ. އެއީ ތެދުވެރި ޔޫސުފުގެފާނެވެ. ރަސްގެފާނަށް ރާ ފޮދު އަރުވާނެ މީހަކަށް އަހަރެން ވާނެކަމުގެ ޚަބަރު ދިނީވެސް ހަމަ ޔޫސުފުގެފާނެވެ. އޭނާގެ ވާހަކަ އިވުމުން، ޔޫސުފުގެފާނާއި ބައްދަލުކުރައްވަން ރަސްގެފާނު ވަރަށް ބޮޑަށް ބޭނުންފުޅުވެވަޑައިގަތެވެ. އަދި ރަސްގެފާނު އަރިހަށް ޔޫސުފުގެފާނު ގެނައުމަށް އަމުރުކުރެއްވިއެވެ. އަދި ވިދާޅުވިއެވެ.
﴿ائْتُونِي بِهِ أَسْتَخْلِصْهُ لِنَفْسِي﴾ [1]
މާނަ: “އެކަލޭގެފާނު ތިމަންގެ ޚިދުމަތަށް ޚާއްޞަކުރުމަށްޓަކައި، އެކަލޭގެފާނު ތިމަންގެ ގާތަށް ގެންނާށެވެ!”
___________________
މަޞްދަރު: قصص النبيين للأطفال
[1] يوسف 54