[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 15

  • ޔޫސުފުގެފާނު ޖަލަށް ލެވުނު މައްސަލަ ބަލައިދިނުމަށް ދެންނެވުން

 

ރަސްގެފާނު ފޮނުއްވި މީހާ ޖަލަށް އައިސް ޔޫސުފުގެފާނަށް ދެންނެވިއެވެ. ރަސްގެފާނު ކަލޭގެފާނާއި ބައްދަލުކުރުމަށް ބޭނުންފުޅުވަޑައިގަންނަވައެވެ. ނަމަވެސް އެފަދަ ގޮތަކަށް ޖަލުން ނުކުމެ ވަޑައިގަންނަވަން އެކަލޭގެފާނު ބޭނުންފުޅުވެ ވަޑައެއްނުގެންނެވިއެވެ. އެފަދަ ގޮތަކަށް ޖަލުން ނުކުމެވަޑައިގެންފިނަމަ، މީސްތަކުން ބުނާނެއެވެ. މިއީ އެއްކަލަ ޔޫސުފުގެފާނެވެ. މީގެ ކުރިން ހުންނެވީ ޖަލުގައެވެ. ހަމަޔަޤީނުންވެސް، އެކަލޭގެފާނު ވަނީ މީގެ ކުރިން ޢަޒީޒަށް ޚިޔާނާތްތެރިވެ ވަޑައިގެންފައެވެ.

އެކަލޭގެފާނަކީ ވަރަށް ބުއްދިވެރި ވިސްނުން ތޫނު ބޭފުޅެކެވެ. އެންމެހައި ނުބައި އިލްޒާމްތަކުން ނަފްސު ޠާހިރުކުރައްވަން ބޭނުންފުޅުވާ ބޭކަލެކެވެ. ރަސްގެފާނު ފޮނުވައިގެން، މީހަކު އެހެން މީހަކު ކައިރިއަށް އައިނަމަ، ހަމަޔަޤީނުންވެސް ވީ އެންމެ އަވަހަކަށް އެމީހަކު ޖަލުގެ ދޮރުން ބޭރަށް ނުކުތީހެވެ. އެހެން ނަމަވެސް ޔޫސުފުގެފާނު، ޖަލުން ނުކުމެވަޑައިގަތުމަކަށް އަވަސްވެވަޑައި ނުގެންނެވިއެވެ. އެހެނެއްކަމަކު ރަސްގެފާނު ފޮނުވި މީހާއަށް، އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ބޭނުންފުޅުވެ ވަޑައިގަންނަވަނީ، ތިމަންކަލޭގެފާނު ޖަލަށް ފޮނުއްވި ސަބަބު ބައްލަވާށެވެ.

އެހިނދު ރަސްގެފާނުގެ ޚާއްޞަ އަމުރުފުޅަށް އެ މައްސަލަ ބެލުނެވެ. ރަސްގެފާނަށާ އަދި އެންމެހައި ރައްޔިތުންނަށް އެނގިވަޑައިގަތީ ޔޫސުފުގެފާނު އެ ނުބައި ޢަމަލުން ބަރީޢަވިކަމެވެ. އެއަށްފަހު، އެކަލޭގެފާނު ޖަލުން ނުކުމެވަޑައިގަތެވެ. އަދި ރަސްގެފާނު އެކަލޭގެފާނަށް ވަރަށް މާތްކޮށް ހިއްތެވިއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ޔޫސުފްގެފާނުގެ ވާހަކަ