[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 18

  • ޔޫސުފުގެފާނާއި އަޚުންނާ ދެމެދު ދެކެވުނު ވާހަކަ

ޔޫސުފުގެފާނު އެމީހުންނާއި ވާހަކަފުޅު ދެއްކިއެވެ. އެމީހުންނަށް ވިދާޅުވިއެވެ. ކަލޭމެންނަށް އިތުރު އަޚެއްވޭ ހެއްޔެވެ؟

އެކަލޭގެފާނުގެ އަޚުން ދެންނެވިއެވެ. އާއެކެވެ. އަހަރުމެންނަށް އިތުރު އަޚެއްވެއެވެ. އޭނާގެ ނަމަކީ ބިންޔާމީނެވެ.

ޔަޢުޤޫބުގެފާނު އަދި އެއްފަހަރަށް އިމްތިޙާނު ކުރައްވަން، ﷲ އިރާދަކުރެއްވިއެވެ. އެމީހުންނަށް ކާތަކެތި ދިނުމަށް މަސައްކަތްކުރާ މީހުންނަށް ދެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވިއެވެ.

﴿ائْتُونِي بِأَخٍ لَّكُم مِّنْ أَبِيكُمْ﴾ [1]

މާނަ: “(ތިޔަބައިމީހުން ދޫކޮށްފައި އައި) ތިޔަބައިމީހުންނާއި އެއްބަފާ އަޚެއް ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ.”

ތިޔަބައިމީހުންގެ އަޚް ނުގެނެސްފިނަމަ، ތިމަންކަލޭގެފާނުގެ ކިބައިން އެއްވެސް ކާބޯތަކެއްޗެއް ނުލިބޭ ހުއްޓެވެ. އަދި އެމީހުން ގެނައި ފައިސާ، އެ މީހުންގެ ސާމާނުތަކުގެ ތެރެއަށް ލުމަށް ޔޫސުފުގެފާނުގެ ބެލުމުގެ ދަށުގައިވާ މީހުންނަށް އަމުރު ކުރެއްވިއެވެ. އެހިނދު އެމީހުން ގެނައި ފައިސާ އެމީހުންގެ ސާމާނުގެ ތެރެއަށް ލެވުނެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ޔޫސުފްގެފާނުގެ ވާހަކަ

[1] يوسف 59