[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 2

سورة المائدة

ޢަޤުދުތަކަށް ވަފާތެރިވުމާއި، ޝަރުޢުކުރައްވާފައިވާ ކަންކަމާއި ޙައްދުތަކަށް ބޯލެނބުން.

އަދި ދީން ފުރިހަމަ ކުރެއްވުން.

 

سورة الأنعام

ބުއްދީގެ ހެކިތަކުގެ އަލީގައި ތައުޙީދުގެ ޢަޤީދާ ޘާބިތުކޮށް، ޝިރުކުގެ ޤަބޫލުކުރުންތައް ނައްތާލުން.

 

سورة الأعراف

އީމާންކަމާއި ކާފިރުކަމާ ދެމެދު އޮންނަ ދެކޮޅުވެރިކަން ބަޔާންކޮށްދިނުން.

އަދި ނަބީބޭކަލުންނާއި އެބޭކަލުންގެ ޤައުމުގެ މީހުންގެ ސީރަތުގެ އަލީގައި އެކަމުގެ ނަތީޖާ ބަޔާންކޮށްދިނުން.

 

سورة الأنفال

ޖިހާދުގެ ޙުކުމްތައް ބަޔާންކޮށްދެއްވުން.

ބަދުރު ހަނގުރާމައިގެ ވާހަކައިގެ އަލީގައި ނަޞްރު ލިބުމާއި ބަލިވުމުގެ ސަބަބުތައް ބަޔާންކޮށްދިނުން.

 

سورة التوبة

އެކި ޖަމާޢަތްތަކުގެ ޙަޤީޤަތް ފާޅުކުރެއްވުން.

އެގޮތުން ކާފިރުން ވަކިކޮށްދެއްވައި މުނާފިޤުން ފަޟީޙަތްކުރައްވައި މުއުމިނުން ފާހަގަކޮށްދެއްވާފައިވުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

 

މަޞްދަރު: المختصر في تفسير القرآن الكريم