[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 3

سورة يونس

ވަޙީއަށް އިންކާރުކުރާ މީހުންނާ ދެކޮޅަށް ހުރި ޙުއްޖަތާއި ބުރުހާނުތައް ބަޔާންކުރެއްވުން.

އީމާންވުމަށް އެބައިމީހުންނަށް ދަޢުވަތު ދެއްވުން.

އެބައިމީހުން ދީނަށް ޝައުޤުވެރިކުރުވާ ވާހަކަތަކާއި ފުރަގަސްދީފިނަމަ އެކަމުގައި ހުރި ބިރުވެރިކަން ބަޔާންކުރައްވާފައިވުން.

 

سورة هود

ރަސޫލުބޭކަލުންގެ ދަޢަވަތު ދޮގުކުރި މީހުންނާ އެބޭކަލުން މުޢާމަލާތް ކުރެއްވިގޮތް މި ސޫރަތުގައި ބަޔާންކުރައްވާފައިވުން.

 

سورة يوسف

ފާޅުވެގެންވާ އިމްތިޙާނުތަކަށް ފަހު ބިމުގައި ގަދަކަން ދެއްވާނެކަން ބަޔާންކުރެއްވުން.

މިކަމުގައި ނަބިއްޔާ صلى الله عليه وسلم އާއި މުއުމިނުންނަށް ތަސައްލީ ދެއްވުން.

 

سورة الرعد

ﷲ ތަޢާލާގެ ޤުދުރަތްތެރިކަމާއި ގަދަ ކީރިތި ވަންތަކަން ބަޔާންކުރެއްވުމާއި އެކަމުގެ އަޘަރުތައް ހާމަކުރެއްވުން. އަދި އެއިލާހުގެ ވަޢުދާއި ވަޢީދު އަންގަވައި ކަންކަން ބަދަލުކުރެއްވުމުގައި އެއިލާހު ކަން ކުރައްވާ ގޮތް ހާމަކުރެއްވުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

 

މަޞްދަރު: المختصر في تفسير القرآن الكريم