[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 4

سورة إبراهيم

ރަސޫލު ބޭކަލުންގެ ވަޒީފާ ބަޔާންކޮށްދެއްވުން.

އެބޭކަލުންގެ ޤައުމުގެ މީހުން ފުރަގަސް ދިން ޙާލުގައިވެސް، ޝިރުކުގެ އަނދިރިކަމުން ތައުޙީދުގެ ނޫރުގެ ތެރެއަށް މީސްތަކުން ނެރުމަށް އެބޭކަލުން ދެއްވި ސަމާލުކަން ބަޔާންކުރެއްވުން.

އެފަދަ ވާހަކަތަކަކީ ނަބިއްޔާ صلى الله عليه وسلم އަށް އިތުރަށް ޘާބިތުކަން ލިބިގެންދާނެ ކަމެއް. އަދި އަނިޔާވެރިންނަށް ހުރި ވަޢީދު ހާމަވެގެންދާނޭ ކަމެއް.

 

سورة الحجر

ހަލާކުކުރެއްވުނު މީހުންގެ ކަންކަން ބަޔާންކުރައްވައި ރަސޫލުބޭކަލުން ދޮގުކުރާ މީހުންނަށް އިންޛާރު ދެއްވުން.

އެއީ މުޚާޠަބު ކުރެވޭ މީހުންނަށް ހުރި އިންޛާރެއްގެ ގޮތުގައި އަދި މުއުމިނުންނަށް ހުރި ތަސައްލީއެއްގެ ގޮތުގައެވެ.

 

سورة النحل

ނިޢުމަތްދެއްވި ފަރާތުން ދެއްވި ނިޢުމަތްތައް ހަނދުމަކޮށްދިނުން. އެހެނީ އެއީ އެއިލާހަށް އަޅުކަންކުރުން ލާޒިމުވާ ސަބަބެކެވެ.

ނިޢުމަތްތައް އިންކާރުކުރުމުގެ ނުރައްކާތެރިކަމާމެދު އިންޛާރުދެއްވުން.

 

سورة الإسراء

ނަބިއްޔާ صلى الله عليه وسلم ގެ ރިސާލަތުގެ ފުރިހަމަކަން ބަޔާންކުރެއްވުން.

މިސޫރަތުގައި އެކަލޭގެފާނުގެ ރިސާލާތުގައިވާ އިޝާރާތްތަކާއި އުފާވެރިކަމުގެ ޚަބަރުތައް އެކުލެވިގެންވޭ.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

 

މަޞްދަރު: المختصر في تفسير القرآن الكريم