[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 5

سورة الكهف

ފިތުނަތަކާއި މުޢާމަލާތްކުރާނެ މަންހަޖު ބަޔާންކޮށްދެއްވުން.

އެކަމާ ގުޅުން ހުރި ބައެއް މިސާލުތައް ބަޔާންކޮށްދެއްވުން.

 

سورة مريم

ﷲ ތަޢާލާގެ ރަޙްމަތުން އެއިލާހުގެ ވަލީވެރިންނަށް ދެއްވާ ދެއްވުންތައް ބަޔާންކޮށްދިނުން. އޭގެ ތެރޭގައި ޞާލިޙު ދަރިން ދެއްވުން ފަދަކަންކަން ހިމެނެއެވެ.

ﷲ ތަޢާލާއަށް ދަރިކަލަކު އަދި ވާގިވެރިވާނޭ ފަރާތެއް ލިބިވޮޑިގެންވުމުން އެއިލާހު ހުސްދުރުވެގެންވާކަން ބަޔާންކުރެއްވުން. އެއީ އެކަމުގައި ދޮގުވާހަކަތައް ހެދި މީހުންނަށް ރައްދުދެއްވުމުގެ ގޮތުންނެވެ.

 

سورة طه

ރިސާލަތާއިގެން ކުރިއަށް ވަޑައިގެންނެވުމާއި އެކަމުގައި ކެތްތެރިވުމަށް ނަބިއްޔާ صلى الله عليه وسلم އަށް ހިތްވަރުދެއްވުން.

 

سورة الأنبياء

ރަސޫލުބޭކަލުންނަށް ދިމާވި ކަންކަމާއި ﷲ ތަޢާލާ އެއްކައުވަންތަކޮށް އަޅުކަންކުރުމަށް އެބޭކަލުން ދެއްވި ދަޢުވަތު ހަނދުމަކޮށްދިނުމުގެ ޛަރީޢާއިން ރިސާލަތްތަކުގެ އެއްގޮތްކަން ހާމަކުރެއްވުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

 

މަޞްދަރު: المختصر في تفسير القرآن الكريم