[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 6

سورة الحج

މަތިވެރިވެގެންވާ ތަންތަނާއި އިލާހީ ޤުދުރަތްތެރިކަމުގެ ޛަރީޢާއިން ﷲ މަތިވެރިކުރުމާއި އެއިލާހަށް ކިމަންތެރިކަން އަދާކުރުން ޛިކުރުކުރެއްވުން.

 

سورة المؤمنين

އީމާންކަމާއި އެކަމުގެ ޙަޤީޤަތާއި އޭގެ މޭވާއާއި، އެއާއި ޚިލާފުވެއްޖެމީހާއަށް ހުރި ޢުޤޫބާތާއި ކާފިރުކަމުގައިހުރި ނުބައިކަން ކުރެއްވުން. އެގޮތުން މިސޫރަތް ފައްޓަވާފައިވަނީ މުއުމިނުންނަށް ކާމިޔާބު ހުރިކަމާއި ކާފިރުންނަށް ކާމިޔާބު ނުވާނެކަން ބަޔާންކޮށްދެއްވަމުންނެވެ.

 

سورة النور

ޢިއްފަތްތެރިކަމާއި ނިވާވުމާއި މުސްލިމު މުޖުތަމަޢުގެ ރައްކާތެރިކަމަށް ސަމާލުކަމަށް ގެނައުން.

އަދި ފާޙިޝް ކަންކަމަށް މަގުފަހިވާ ސަބަބުތަކާއި އެފަދަ ކަންކަން ފެތުރުމަށް މުނާފިޤުން ހަދާ ހީލަތްތަކުން މުޖުތަމަޢު ސަލާމަތްކުރުން.

 

سورة الفرقان

މުޝްރިކުން ރަސޫލުﷲ صلى الله عليه وسلم އަށް އިޙްތިރާމު ކުޑަކުރުމުން، ﷲ ތަޢާލާ އެކަލޭގެފާނަށް ނަޞްރު ދެއްވުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

 

މަޞްދަރު: المختصر في تفسير القرآن الكريم