سورة الشعراء
ރަސޫލުﷲ صلى الله عليه وسلم ގެ ރިސާލަތަށް ފާޑުކިޔައި ކެނޑިނޭޅި އެރިސާލަތު ދޮގުކުރުމުގައި ތިބި މުޝްރިކުންނަށް ރައްދުދެއްވައި އެބައިމީހުންގެ ނިކަމެތިކަން ބަޔާންކުރުން.
سورة النمل
އެންމެ ބޮޑު ހެކި (އެބަހީ: ކީރިތި ޤުރުއާން) ދެއްވިކަމަށްޓަކައި ﷲ ތަޢާލާ، އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންނެވުން.
އަދި އެކަމަށްޓަކައި ޝުކުރުވެރިވެ އަދި މީސްތަކުންނަށް އެ ފޯރުކޮށްދެއްވުމުގައި ކެތްތެރިވުމަށް އެކަލޭގެފާނަށް ހިތްވަރުދެއްވުން.
سورة القصص
ބާރުވެރިކަމުގެ ޙަޤީޤީ މީޒާން ބަޔާންކުރުން. އެއީ ﷲ ތަޢާލާގެ ޤުދުރަތްތެރިކަން ފާޅުކުރައްވައިގެންނާއި ނިކަމެތިންނަށް ނަޞްރުދެއްވައި ބޮޑާވެގަންނަމީހުން ހަލާކު ކުރެއްވުމުގެ ސުންނަތް ފާޅުކުރައްވައިގެންނެވެ.
سورة العنكبوت
އިމްތިޙާނުތަކާއި ފިތުނައިގެ ވަގުތުތަކުގައި (ދީންމަތީ) ޘާބިތުވެ ކެތްތެރިވުމަށް ބާރުއެޅުއްވުމާއި އެކަމުގެ ނިމުން ބަޔާންކުރެއްވުން.
________________________
މަޞްދަރު: المختصر في تفسير القرآن الكريم