އިޤްރާރުވުން ނަންގަތް ބާބު
﴿لَا إِكْرَاهَ فِي الدِّينِ﴾ [سورة البقرة 256]
މާނައީ: “ދީނަށް ވެއްދުމުގައި މަޖުބޫރު ކުރުމެއް ނެތެވެ.”
﴿وَإِذْ أَخَذَ اللَّـهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنصُرُنَّهُ ۚ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا ۚ قَالَ فَاشْهَدُوا وَأَنَا مَعَكُم مِّنَ الشَّاهِدِينَ﴾ [سورة آل عمران 81]
މާނައީ: “ނަބިއްޔުންގެ ކިބައިން، ﷲ ކަށަވަރުވެގެންވާ ޢަހުދު ހިއްޕެވިހިނދު (ކަންހިނގިގޮތް ހަނދުމަކުރާށެވެ! އެހިނދު ﷲ އެންގެވިއެވެ.) ތިމަންއިލާހު ތިޔަބޭކަލުންނަށް ފޮތާއި ޙިކުމަތް ދެއްވީމާ ދެން ތިޔަބޭކަލުންގެ ގާތުގައިވާ އެއްޗެއް ތެދުކުރައްވާ ރަސޫލަކު ތިޔަބޭކަލުންގެ ގާތަށް ވަޑައިގަތުމުން، ހަމަކަށަވަރުން ތިޔަބޭކަލުން، އެބޭކަލަކަށް އީމާންވާ ހުށިކަމެވެ! އަދި ހަމަކަށަވަރުން އެބޭކަލަކަށް ތިޔަބޭކަލުން ނަޞްރު ދޭހުށިކަމެވެ! އެއިލާހު ވަޙީކުރެއްވިއެވެ. ތިޔަބޭކަލުން އިޤްރާރުވެ، އެކަމުގެ މައްޗަށް ތިމަންއިލާހަށް ކަށަވަރުވެގެންވާ ޢަހުދު ހިފައިފިން ހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އަޅަމެން އިޤްރާރުވެއްޖައީމުއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ފަހެ، ތިޔަބޭކަލުން (އެކަމަށް) ހެކިވާށެވެ! ހެކިވާމީހުންގެ ތެރެއިން ތިޔަބޭކަލުންނާ އެކުގައި ތިމަންއިލާހު ވޮޑިގެންވަމެވެ.”
﴿يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّـهِ وَلَوْ عَلَىٰ أَنفُسِكُمْ﴾ [سورة النساء 135]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަދުލު އިންސާފު ޤާއިމުކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސްމެއެވެ.”
﴿إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ﴾ [سورة النحل 106]
މާނައީ: ” އީމާންކަމަށް އެމީހާގެ ހިތްހަމަޖެހިގެންވާ ޙާލު، މަޖުބޫރު ވެގެންވާ މީހާ މެނުވީ…”
_______________________________