ދިރުމެއް ނުވާ ބިން އާރާސްތުކުރުން ނަންގަތް ބާބު
﴿إِنَّ الْأَرْضَ لِلَّـهِ يُورِثُهَا مَن يَشَاءُ مِنْ عِبَادِهِ﴾ [سورة الأعراف 128]
މާނައީ: “ހަމަކަށަވަރުން ބިން މިލްކުވެގެންވަނީ ﷲ އަށެވެ. އެއިލާހުގެ އަޅުންގެ ތެރެއިން އެއިލާހު އިރާދަކުރައްވާ މީހަކަށް އެ ބިން ވާރުތަކޮށްދެއްވައެވެ.”
ކުއްޔަށްދިނުން ނަންގަތް ބާބު
﴿وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوا أَوْلَادَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّا آتَيْتُم بِالْمَعْرُوفِ﴾ [سورة البقرة 233]
މާނައީ: “އަދި ތިޔަބައިމީހުންގެ ދަރިންނަށް އެހެން މީހަކު ލައްވާ ކިރުދިނުމަށް ޤަޞްދުކޮށްފިނަމަ، ހެޔޮގޮތުގައި އެކަނބަލުންނަށް ދޭންޖެހޭ އުޖޫރައެއް ތިޔަބައިމީހުން އެކަނބަލުންނަށް ދޭނަމަ، (އެކަމުގައި) ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ.”
އަދި سورة الطلاق ގެ 6 ވަނަ އާޔަތުގައި ވެއެވެ.
﴿فَإِنْ أَرْضَعْنَ لَكُمْ فَآتُوهُنَّ أُجُورَهُنَّ﴾
މާނައީ: “ފަހެ، ތިޔަބައިމީހުންނަށްޓަކައި (ތިޔަބައިމީހުންގެ ދަރިންނަށް) އެކަނބަލުން ކިރުދީފިނަމަ ފަހެ، ތިޔަބައިމީހުން އެކަނބަލުންނަށް، އެކަނބަލުންގެ އުޖޫރަ ދޭށެވެ!”
﴿فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ فَأَقَامَهُ ۖ قَالَ لَوْ شِئْتَ لَاتَّخَذْتَ عَلَيْهِ أَجْرًا﴾ [سورة الكهف 77]
މާނައީ: “ފަހެ، އެރަށުން ވެއްޓެންކައިރިވެފައިވާ ފާރެއް އެ ދެބޭކަލުން ދެކެވަޑައިގަތެވެ. ދެން އެބޭކަލަކު އެ ފާރު ތެދުކުރައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ، އެކަމަށް އުޖޫރައެއް ހިއްޕެވިދާނެއެވެ.”
﴿قَالَتْ إِحْدَاهُمَا يَا أَبَتِ اسْتَأْجِرْهُ ۖ إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْأَمِينُ [٢٦] قَالَ إِنِّي أُرِيدُ أَنْ أُنكِحَكَ إِحْدَى ابْنَتَيَّ هَاتَيْنِ عَلَىٰ أَن تَأْجُرَنِي ثَمَانِيَ حِجَجٍ﴾ [سورة القصص 26-27]
މާނައީ: “އެ ދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ! އޭނާއަށް އުޖޫރައެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން ކަލޭގެފާނު އުޖޫރުދީފައި ގެންގުޅެން އެންމެ ރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ. [26] އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން ގަސްދުކުރަނީ ތިމަންގެ މިތިބަ ދެ އަންހެން ދަރިންކުރެ އެކަކު، ކަލޭގެފާނާ ކައިވެނި ކޮށްދެއްވުމަށެވެ. އަށްއަހަރު ވަންދެން ތިމަންނާއަށް ޚިދުމަތް ކޮށްދެއްވުމުގެ ޝަރުޠުގެ މަތިންނެވެ.”
_______________________________