ހިބަ ނަންގަތް ބާބު
﴿فَإِن طِبْنَ لَكُمْ عَن شَيْءٍ مِّنْهُ نَفْسًا فَكُلُوهُ هَنِيئًا مَّرِيئًا﴾ [سورة النساء 4]
މާނައީ: “އޭގެ ތެރެއިން އެއްޗެއް އެކަނބަލުން ހިތުން ރުހުމުން ތިޔަބައިމީހުންނަށް އަނބުރާ ދީފިނަމަ، ޙަލާލު ރަނގަޅު އެއްޗެއްގެ ގޮތުގައި، ތިޔަބައިމީހުން އޭގެ ބޭނުންކުރާށެވެ!”
﴿إِلَّا أَن يَعْفُونَ أَوْ يَعْفُوَ الَّذِي بِيَدِهِ عُقْدَةُ النِّكَاحِ﴾ [سورة البقرة 237]
މާނައީ: “(އެއީ) އެކަނބަލުން ޢަފޫ ކުރުމުން މެނުވީއެވެ. ނުވަތަ ކައިވެނީގެ ގޮށް އެމީހެއްގެ އަތުގައިވާ މީހާ ޢަފޫ ކުރުމުން މެނުވީއެވެ.”
﴿وَمَن قَتَلَ مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ إِلَّا أَن يَصَّدَّقُوا﴾ [سورة النساء 92]
މާނައީ: “އަދި ކުށަކުން އޮޅިގެން މުއުމިނަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް ހުރީ މުއުމިނު އަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ އަހުލުވެރިންނާ ހަވާލުކުރެވޭ ގޮތުގައި، މަރުގެދިޔަ ދިނުމެވެ. އެއީ އެބައިމީހުން (މާފުކުރުމަކުން) އެއިން ޞަދަޤާތް ކުރިއްޔާ މެނުވީއެވެ.”
_______________________________