ވާރުތަމުދާ ނަންގަތް ބާބު
﴿ يُوصِيكُمُ اللَّـهُ فِي أَوْلَادِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ ۚ فَإِن كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن كَانَتْ وَاحِدَةً فَلَهَا النِّصْفُ ۚ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ مِمَّا تَرَكَ إِن كَانَ لَهُ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ ۚ فَإِن كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ ۚ مِن بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ ۗ آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ فَرِيضَةً مِّنَ اللَّـهِ ۗ إِنَّ اللَّـهَ كَانَ عَلِيمًا حَكِيمًا [١١] وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ ۚ فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ ۚ مِن بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ ۚ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ ۚ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُم ۚ مِّن بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ ۗ وَإِن كَانَ رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ ۚ فَإِن كَانُوا أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَاءُ فِي الثُّلُثِ ۚ مِن بَعْدِ وَصِيَّةٍ يُوصَىٰ بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ ۚ وَصِيَّةً مِّنَ اللَّـهِ ۗ وَاللَّـهُ عَلِيمٌ حَلِيمٌ [١٢]﴾ [سورة النساء 11-12]
މާނައީ: ” ތިޔަބައިމީހުންގެ ދަރިންނާމެދު، ﷲ ތިޔަބައިމީހުންނަށް އަންގަވައެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ. އެ ދަރިންނަކީ ދޭކަށްވުރެ މަތީ ޢަދަދެއްގެ އަންހެނުން ކަމުގައިވާނަމަ، މަރުވި މީހާ ދޫކުރި މުދަލުގެ ތިންބައިކުޅަ ދެބައި އެކަނބަލުންނަށެވެ. އަދި އެއީ އެންމެ އަންހެން ދަރިޔަކު ކަމުގައި ވެއްޖެނަމަ ފަހެ، އެކަނބުލޭގެއަށް ދެބައިކުޅަ އެއްބައެވެ. އަދި މަރުވިމީހާގެ ދަރިއަކު ހުރިނަމަ، އޭނާގެ މަންމައާއި ބައްޕައާ ދެމީހުންކުރެ ކޮންމެ މީހަކަށްމެ، އެ މަރުވި މީހާ ދޫކުޅަ މުދަލުގެ ހަބައިކުޅަ އެއްބައެވެ. ފަހެ، އޭނާއަށް ދަރިއަކު ނުވާނަމަ، އަދި (ހަމައެކަނި) އޭނާގެ މަންމައާއި ބައްޕައަށް ވާރުތައަރާނަމަ ފަހެ، އޭނާގެ މަންމައަށް ތިންބައިކުޅަ އެއްބައެވެ. (ދެންހުރި އެއްޗެއް ބައްޕައަށެވެ.) ފަހެ، އެ މަރުވި މީހާއަށް އަޚުންނާއި، އުޚްތުން (އެކަކަށްވުރެ ގިނައިން) ތިބިނަމަ ފަހެ، އޭނާގެ މަންމައަށް ހަބައިކުޅަ އެއްބައެވެ. ކުރާ ވަޞިއްޔަތެއްވާނަމަ، އެ ވަޞިއްޔަތެއް ތަންފީޒު ކުރުމަށްފަހުގައެވެ. ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށް ފަހުގައެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، ތިޔަބައިމީހުންގެ ދަރިންކުރެ މަންފާކުރުމުގެ ގޮތުން ތިޔަބައިމީހުންނާ ގާތްކަންބޮޑީ ކޮންބައެއްކަން ތިޔަބައިމީހުންނަކަށް ނޭނގެއެވެ. (ބަޔާންވެ ދިޔަގޮތަށް މުދާ ބެހުންއޮތީ) ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވައި އަންގަވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމުވަންތަ އިލާހެވެ. [11] ތިޔަބައިމީހުންގެ އަނބިން ދޫކުޅަ މުދަލެއްގެ ދެބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުންނަށް ދަރިޔަކު ނުވާނަމައެވެ. ފަހެ، އެކަނބަލުންނަށް ދަރިޔަކުވާނަމަ، އެކަނބަލުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ އެކަނބަލުން ކުރާ ވަޞިއްޔަތެއްވާނަމަ، އެ ވަޞިއްޔަތެއް ތަންފީޒު ކުރުމަށްފަހު ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. އަދި ތިޔަބައިމީހުންނަށް ދަރިއަކު ނުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. ފަހެ، ތިޔަބައިމީހުންނަށް ދަރިޔަކުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ އަށްބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. އެއީ ތިޔަބައިމީހުންކުރާ ވަޞިއްޔަތެއްވާނަމަ، އެ ވަޞިއްޔަތެއް ތަންފީޒު ކުރުމަށްފަހު ނުވަތަ ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. كلالة ގެ ގޮތުން (އެބަހީ: އަޞްލެއް ފަރުޢެއް ނެތި) ފިރިހެނަކު ނުވަތަ އަންހެނަކު (ކިބައިން) ވާރުތަކުރެވޭނަމަ އަދި އޭނާޔަށް އަޚަކު ނުވަތަ އުޚްތަކު ހުރިނަމަ ފަހެ، އެއިން ކޮންމެ މީހަކަށް ހަބައިކުޅަ އެއްބަޔެވެ. ފަހެ، އެ އަޚުންނާއި އުޚްތުން އެއަށްވުރެ ގިނަނަމަ، އެބައިމީހުންވަނީ ތިންބައިކުޅަ އެއްބައިގައި (ހަމަހަމައަށް) ބައިވެރިވެގެންނެވެ. އެއީ (ވާރުތަވެރިންނަށް) ގެއްލުން ނުދޭގޮތުގައި ކުރާ ވަޞިއްޔަތެއްވާނަމަ، އެ ވަޞިއްޔަތެއް ތަންފީޒު ކުރުމަށްފަހު ނުވަތަ ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. ﷲ ގެ ޙަޟްރަތުން އަންގަވާފައިވާ އެންގެވުމެއްގެ ގޮތުގައެވެ. ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމުވަންތަ އިލާހެވެ. [12]”
﴿يَسْتَفْتُونَكَ قُلِ اللَّـهُ يُفْتِيكُمْ فِي الْكَلَالَةِ ۚ إِنِ امْرُؤٌ هَلَكَ لَيْسَ لَهُ وَلَدٌ وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَا إِن لَّمْ يَكُن لَّهَا وَلَدٌ ۚ فَإِن كَانَتَا اثْنَتَيْنِ فَلَهُمَا الثُّلُثَانِ مِمَّا تَرَكَ ۚ وَإِن كَانُوا إِخْوَةً رِّجَالًا وَنِسَاءً فَلِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ ۗ يُبَيِّنُ اللَّـهُ لَكُمْ أَن تَضِلُّوا ۗ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ﴾ [سورة النساء 176]
މާނައީ: “(كلالة އާމެދު) ކަލޭގެފާނުގެ އަރިހުން އެބައިމީހުން ފަތުވާއަށް އެދި ދަންނަވައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! كلالة އާމެދު (އެބަހީ: އަޞްލެއް ފަރުޢެއް ނެތި މަރުވާމީހާގެ ތަރިކަޔާމެދު) ﷲ ތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވައެވެ. އެމީހަކަށް ދަރިއަކު (ނުވަތަ ބަފައަކު) ނެތި އަދި އެމީހަކަށް (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ) އުޚްތަކުވާ ޙާލު، މީހަކު މަރުވެއްޖެނަމަ ފަހެ، އެމީހާ ދޫކުޅަ މުދަލުގެ ދެބައިކުޅައެއްބައި، އެ އުޚްތަށެވެ. އަދި އެ އުޚްތަށް ދަރިޔަކު ނުވާނަމަ، އެމީހާ އެ އުޚްތު ވާރުތަކުރާނެއެވެ. (މަރުވިމީހާގެ ވާރިސުންނަށް ތިބި) ދެ އުޚްތުން ކަމުގައިވާނަމަ ފަހެ، އެ ދެ އުޚްތުންނަށް (އެ އަޚް) ދޫކުޅަ މުދަލުގެ ތިންބައިކުޅަ ދެބައެވެ. (ވާރިސުންނަށް ތިބީ) އަންހެން ފިރިހެން، އެއްބަނޑު އެއްބަފާ ބަޔަކު ކަމުގައިވާނަމަ، ދެ އަންހެނުންގެ ބައިފަދަ ބައެއް ފިރިހެނަކަށެވެ. ތިޔަބައިމީހުންނަށް މަގު އޮޅިދާނެކަމަށްޓަކައި، ތިޔަބައިމީހުންނަށް ﷲ، ބަޔާންކޮށް ދެއްވަތެވެ. ﷲ އީ ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިވެގެންވާ އިލާހެވެ.”
﴿وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِي كِتَابِ اللَّـهِ﴾ [سورة الأنفال 75]
މާނައީ: “އަދި ﷲ ގެ ފޮތުގައި ކަނޑައަޅުއްވާފައިވާ ގޮތުގައި، ގާތްތިމާގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކާ އައުލާކަން ބޮޑެވެ.”
_______________________________