[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 35 –

ވަޞިއްޔަތް ނަންގަތް ބާބު

﴿كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِن تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالْأَقْرَبِينَ بِالْمَعْرُوفِ ۖ حَقًّا عَلَى الْمُتَّقِينَ [١٨٠] فَمَن بَدَّلَهُ بَعْدَ مَا سَمِعَهُ فَإِنَّمَا إِثْمُهُ عَلَى الَّذِينَ يُبَدِّلُونَهُ ۚ إِنَّ اللَّـهَ سَمِيعٌ عَلِيمٌ [١٨١] فَمَنْ خَافَ مِن مُّوصٍ جَنَفًا أَوْ إِثْمًا فَأَصْلَحَ بَيْنَهُمْ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّـهَ غَفُورٌ رَّحِيمٌ [١٨٢]﴾ [سورة البقرة 180-182]

މާނައީ: “ތިޔަބައިމީހުންކުރެ މީހަކުގެ ގާތަށް މަރުއައިސް ޙާޟިރުވާހިނދު އެމީހާ މުދަލެއް ދޫކުރާނަމަ، (އެބަހީ: އެމީހާގެ މިލްކުގައި މުދަލެއްހުރިނަމަ) ހެޔޮ ގޮތުގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ވަޞިއްޔަތްކުރުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފިއެވެ. (އެކަންއޮތީ) ތަޤުވާވެރިންގެ މައްޗަށްއޮތް ޙައްޤެއް ކަމުގައެވެ. [180] ފަހެ، އެ ވަޞިއްޔަތް އިވުމަށްފަހު، އެ ވަޞިއްޔަތް ބަދަލުކުޅަ މީހާ (ދަންނާށެވެ!) ހަމަކަށަވަރުން އެކަމުގެ ފާފަ އޮތީ އެކަން ބަދަލުކުރާ މީހުންގެ މައްޗަށެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. [181] ފަހެ، ވަޞިއްޔަތްކުރާ މީހެއްގެ ފަރާތުން ބޭއިންސާފު ގޮތެއް ނުވަތަ ފާފަވެރިވާ ގޮތެއް ހިނގައިފާނެކަމަށް ބިރުގެން އެބައިމީހުންގެ މެދުގައި (އެބަހީ: ވާރުތަވެރިންގެ މެދުގައި) ޞުލްޙަކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. (އެބަހީ: ކުރިން ނަންގަނެވުނު ވަޞިއްޔަތް ބަދަލުކުރުމުގެ ފާފަ އެމީހެއްގެ މައްޗަކަށް ނެތެވެ.) ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ. [182]”

﴿فَلَكُمُ الرُّبُعُ مِمَّا تَرَكْنَ ۚ مِن بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ﴾ [سورة النساء 12]

މާނައީ: “… އެކަނބަލުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ އެކަނބަލުން ކުރާ ވަޞިއްޔަތް އެއްވާނަމަ، އެ ވަޞިއްޔަތެއް ތަންފީޒު ކުރުމަށްފަހު، ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ.”

﴿يَا أَيُّهَا الَّذِينَ آمَنُوا شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ حِينَ الْوَصِيَّةِ اثْنَانِ ذَوَا عَدْلٍ مِّنكُمْ أَوْ آخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِي الْأَرْضِ فَأَصَابَتْكُم مُّصِيبَةُ الْمَوْتِ﴾ [سورة المائدة 106]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް މަރު ޙާޟިރުވެއްޖެނަމަ، ވަޞިއްޔަތް ކުރާހިނދުގައި ތިޔަބައިމީހުންގެ މެދުގައި ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެފިރިހެނުން ހެކިކުރުން ހުށްޓެވެ. ނުވަތަ ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅެނިކޮށް މަރުގެ މުޞީބާތް ތިޔަބައިމީހުންނަށް ޖެހިއްޖެނަމަ، ތިޔަބައިމީހުން ނޫން މީހުންގެ ތެރެއިން، ދެމީހުން ހެކިކުރުން ހުށްޓެވެ.”

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ