[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 19

  • ޔަޢުޤޫބުގެފާނުގެ ދަރިން އެކަލޭގެފާނުގެ އަރިހުގައި

 

ޔޫސުފުގެފާނުގެ އަޚުން، މިޞްރުން އެނބުރި ޔަޢުޤޫބުގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. އަދި ޔޫސުފުގެފާނު އެމީހުން ގާތުގައި ދެންނެވި ވާހަކަ ޔަޢުޤޫބުގެފާނަށް ދަންނަވައިފިއެވެ. އެމީހުން ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. އަހަރުމެންނާއެކު ބިންޔާމީނު މިޞްރަށް ފޮނުއްވާށެވެ. އެހެން ނޫނީ މިޞްރުގެ ޢަޒީޒުގެ ކިބައިން އެއްވެސް އެހީތެރިކަމެއް، އަހަރުމެންނަށް ނުލިބޭނެއެވެ. އެމީހުން ދެންނެވިއެވެ.

﴿وَإِنَّا لَهُ لَحَافِظُونَ﴾ [1]

މާނަ: “އަދި ހަމަކަށަވަރުން ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާ ހުށީމެވެ.”

ޔަޢުޤޫބުގެފާނު އެމީހުންނަށް ދެންނެވިއެވެ.

﴿قَالَ هَلْ آمَنُكُمْ عَلَيْهِ إِلَّا كَمَا أَمِنتُكُمْ عَلَىٰ أَخِيهِ مِن قَبْلُ﴾ [2]

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. މީގެ ކުރިން އޭނާގެ އަޚް (ޔޫސުފުގެފާނު) އާމެދު ތިޔަބައިމީހުންނަށް އިތުބާރުކުރި ފަދައިން މެނުވީ، އޭނާއާ މެދު ތިޔަބައިމީހުންގެ މައްޗަށް ތިމަން އިތުބާރުކުރާނެ ހެއްޔެވެ؟”

ޔޫސުފުގެފާނުގެ މަތިން ތިޔަބައިމީހުން ހަދާންނައްތާލީ ހެއްޔެވެ. ޔޫސުފުގެފާނަށް ނުވި ރައްކާތެރިކަމެއް ބިންޔާމީނަށް ތިޔަބައިމީހުން ވާނަން ހެއްޔެވެ.

﴿فَاللَّـهُ خَيْرٌ حَافِظًا ۖ وَهُوَ أَرْحَمُ الرَّاحِمِينَ﴾ [3]

މާނަ: “ފަހެ، ﷲ އީ ރައްކާތެރިކުރައްވާ، އެންމެ ހެޔޮ އިލާހެވެ. އަދި އެއިލާހީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ.”

އެމީހުން މުދާ ގަތުމަށް މިޞްރަށް ގެންދިޔަ މުދާތައް، އެމީހުން ގެނައި ސާމާނުތަކުގެ ތެރެއިން ފެނުނެވެ. އެހިނދު އެމީހުންގެ ބައްޕާފުޅަށް ދެންނެވިއެވެ. ހަމަ ޔަޤީނުންވެސް މިޞްރުގެ ޢަޒީޒަކީ ވަރަށް ހެޔޮ ބޭކަލެކެވެ. އަހަރުމެން އަތުން އެއްވެސް އަގެއް ނުނަންގަވައެވެ. އެކަމަށް އަހަރުމެން ގެންދިޔަ މުދާތައް މި ހުރީ އަހަރުމެންނަށް އަނބުރާ ދެއްވާފައެވެ. އަހަރުމެންނާއެކު ބިންޔާމީނު ފޮނުއްވާށެވެ. އޭރުން އަހަރުމެންނަށް ލިބޭ މިންވަރު އިތުރުވާނެއެވެ.

ޔަޢުޤޫބުގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުންނާއެކު ބިންޔާމީނު ފޮނުއްވާނީ، ޢަހުދުކަށަވަރެއް ދިނުމުންނެވެ. އެއީ ތިމަންކަލޭގެފާނުގެ އަރިހަށް އަނބުރާ އޭނާ (ބިންޔާމީނު) ގެންނަ މަތިންނެވެ.

އެހިނދު އެމީހުން ޢަހުދު ވެއްޖެއެވެ. ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ.

﴿اللَّـهُ عَلَىٰ مَا نَقُولُ وَكِيلٌ﴾ [4]

މާނަ: “ތިމަންމެން މިބުނާ އެއްޗަކަށް، ﷲ ހެކިވޮޑިގެންވާނެއެވެ.”

އަދި ޔަޢޫޤޫބުގެފާނު އެކަލޭގެފާނުގެ ދަރިންނަށް ވިދާޅުވިއެވެ.

﴿وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ﴾ [5]

މާނަ: “އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއް ދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރުތަކުން ވަންނާށެވެ!”

މިޞްރަށް ވަންނައިރު ތަފާތު ދޮރުތަކުން ވަނުމަށް، ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިންނަށް އަމުރުކުރެއްވިއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ޔޫސުފްގެފާނުގެ ވާހަކަ

 

[1] يوسف 63

[2]    يوسف 64

[3]    يوسف 64

[4] يوسف 66

[5] يوسف   67