[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 24

  • ޔޫސުފުގެފާނުގެ އަރިހަށް ބައްޕާފުޅު ގެންނެވުން

 

ޔޫސުފުގެފާނުގެ ގަމީސް ހިފައިގެން ފޮނުވި މީހާ ކަންޢާނާ ހަމައަށް ފޯރުމުން، ޔަޢުޤޫބުގެފާނަށް ޔޫސުފުގެފާނުގެ ވަސް އިޙްސާސް ވެވަޑައިގަތެވެ. އަދި ކައިރީގައި ތިބީ މީހުންނަށް ވިދާޅުވިއެވެ.

﴿إِنِّي لَأَجِدُ رِيحَ يُوسُفَ﴾ [1]

މާނަ: “ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ޔޫސުފުގެފާނުގެ ވަސް އެބަދުވައެވެ.”

އެމީހުން ބުންޏެވެ.

﴿قَالُوا تَاللَّـهِ إِنَّكَ لَفِي ضَلَالِكَ الْقَدِيمِ﴾ [2]

މާނަ: “އެބައިމީހުން ދެންނެވިއެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ކަލޭގެފާނުވަނީ ކުރިންވެސް ކަލޭގެފާނު ހުންނެވި ކުށް ޚިޔާލުގައިކަން ކަށަވަރެވެ.”

ޔަޢުޤޫބުގެފާނަކީ ތެދުވެރި ބޭކަލެކެވެ.

﴿فَلَمَّا أَن جَاءَ الْبَشِيرُ أَلْقَاهُ عَلَىٰ وَجْهِهِ فَارْتَدَّ بَصِيرًا ۖ قَالَ أَلَمْ أَقُل لَّكُمْ إِنِّي أَعْلَمُ مِنَ اللَّـهِ مَا لَا تَعْلَمُونَ﴾ [3]

މާނަ: “ފަހެ، އުފާވެރިކަމުގެ ޚަބަރުދޭމީހާ އައިސް އެކަލޭގެފާނުގެ މޫނުފުޅުގެ މައްޗަށް އެ ގަމީސްކޮޅު އެއްލިއެވެ. ފަހެ، އެހިނދު ލޮލަށް ފެންނަމީހަކު ކަމުގައި، އަލުން އެކަލޭގެފާނު ވެވަޑައިގެންފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާކަމަށް، ތިމަންކަލޭގެފާނު ވިދާޅެއް ނުވަން ހެއްޔެވެ؟”

﴿قَالُوا يَا أَبَانَا اسْتَغْفِرْ لَنَا ذُنُوبَنَا إِنَّا كُنَّا خَاطِئِينَ﴾ [4]

މާނަ: “އެބައިމީހުން ދެންނެވިއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންނަށް ތިމަންމެންގެ ފާފަތައް ފުއްސެވުމަށް، ކަލޭގެފާނު ދުޢާ ކޮށްދެއްވާށެވެ! ހަމަކަށަވަރުން ތިމަންމެންވީ ކުށްވެރިން ކަމުގައެވެ.”

﴿قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّي ۖ إِنَّهُ هُوَ الْغَفُورُ الرَّحِيمُ﴾ [5]

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށް އެދި ތިމަންކަލޭގެފާނުގެ ރައްބުގެ ޙަޟްރަތަށް ދުޢާ ކުރައްވާހުށީމެވެ. ހަމަކަށަވަރުން އެއިލާހީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.”

ޔަޢުޤޫބުގެފާނަށް މިޞްރަށް ވަޑައިގަތުމުން، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އެތައް ޒަމާނެއް ވޭތުވެ ދިޔުމަށްފަހު ބައްދަލުވެވަޑައިގަތުމުން، އެދެބޭކަލުންނަށް ލިބިވަޑައިގަތް އުފަލުގެ ބޮޑުކަމުން އެއްވެސް ވާހަކަފުޅެއް ނުދެއްކުނެވެ. ޔޫސުފުގެފާނު އެކަލޭގެފާނުގެ މައިންބަފައިން، މިޞްރުގެ ތަޚްތަށް އުފުއްލެވިއެވެ. އެދުވަހަކީ މިޞްރުގެ ތާރީޚްގައިވެސް ފާހަގަކޮށްލެވުނު ދުވަހެކެވެ. އަދި ބަރަކާތްތެރި ދުވަހެކެވެ.

ޔޫސުފުގެފާނު ވިދާޅުވިއެވެ.

﴿يَا أَبَتِ هَـٰذَا تَأْوِيلُ رُؤْيَايَ مِن قَبْلُ قَدْ جَعَلَهَا رَبِّي حَقًّا﴾ [6]

މާނަ: “އޭ ބައްޕާއެވެ! ކުރިން ތިމަންނާއަށް ފެނިވަޑައިގަތް ހުވަފެނުގެ މާނައަކީ މިއީއެވެ. ހަމަކަށަވަރުން ތިމަންގެ ވެރިރައްބު، އެ ހުވަފެން ޙައްޤު ތެދެއް ކަމުގައި ލެއްވިއެވެ.”

﴿إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ﴾ [7]

މާނަ: “ހަމަކަށަވަރުން އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ އެތަކެތި ތިމަންކަލޭގެފާނަށް ސަޖިދަ ކުރާތީއެވެ.”

ގިނަގުނަވެގެންވާ ޙަމްދުކުރެއްވުމަކުން ﷲ ތަޢާލާއަށް ޔޫސުފުގެފާނު ޙަމްދުކުރެއްވިއެވެ. އަދި މަތިވެރިވެގެންވާ ޝުކުރުކުރެއްވުމުން ﷲ ތަޢާލާ އަށް ޝުކުރު ކުރެއްވިއެވެ.

ޔޫސުފުގެފާނާއި ޔަޢުޤޫބުގެފާނު ދަރިން މިޞްރުގައި ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ތިއްބެވިއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

ޔޫސުފްގެފާނުގެ ވާހަކަ

 

[1] يوسف 94

[2]    يوسف 95

[3]    يوسف 96

[4]    يوسف 97

[5] يوسف 98

[6] يوسف 100

[7]  يوسف 4