[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 8

سورة الروم

ކަންކަމާއި ޙާލަތްތައް ތަދުބީރުކުރެއްވުން ވަނީ ހަމައެކަނި ﷲ އަށް ކަން ބަޔާންކޮށް އެކަމުގެ ޙަޤީޤަތް ހާމަކުރެއްވުން.

 

سورة لقمان

އިސްލާމީ ޝަރީޢަތާ ފުށުނާރާ ޙިކުމަތް ބަޔާންކުރެއްވުން. އަދި އޭގެ މިސާލެއްގެ ގޮތުގައި ލުޤުމާނުގެފާނުގެ ވާހަކަ ގެންނެވުން.

 

سورة السجدة

ﷲ ތަޢާލާ ވޮޑިގެންވާކަމުގެ ދަލީލުތަކާއި ކީރިތި ޤުރުއާން އެކަންކަމާއިގެން ބާވައިލެއްވުނު ހެކިތައް ބަޔާންކުރެއްވުން. އޭގެ ތެރޭގައި ޚަލްޤުތައް އުފެއްދެވޭ ގޮތާއި އިންސާނާގެ މަރުޙަލާތައް ހާމަކުރެއްވިއެވެ.

 

سورة الأحزاب

ﷲ ތަޢާލާގެ ނަބިއްޔާ صلى الله عليه وسلم އަށް ހުރި އެއިލާހުގެ ދަރުމަވަންތަކަން ހާމަކުރުމާއި އެކަލޭގެފާނާއި އެކަލޭގެފާނުގެ އަހުލުބައިތުންގެ ޤަދަރު އުފުއްލެވުން.

 

سورة سبأ

ޙާލަތު ބަދަލުކުރެއްވުމުގައި އިލާހީ ކުޅަދުންވަންތަކަން ހާމަކުރެއްވުން.

ނިޢުމަތްތަކަށް ޝުކުރުވެރިވުމާއި ކުފުރުވެރިވުމުގައި އަޅުތަކުންގެ ޙާލަތު ބަޔާންކުރެއްވުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم