[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 9

سورة فاطر

މަޚްލޫޤުން ޚަލްޤުކުރެއްވުމުގައި ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ބަޔާންކުރެއްވުން.

އެއިލާހު މަތިވެރިކޮށް، އެއިލާހަށް ބިރުވެތިވެ އީމާންވެ އެއިލާހުގެ ނިޢުމަތްތައް ހަނދުމަކުރަންވީ ސަބަބުތައް ބަޔާންކުރެއްވުން.

 

سورة يس

ރިސާލަތުގެ ތެދުކަން ހާމަކުރެއްވުން.

އަލުން ދިރުއްވުމާއި އެކަމުގެ ދަލީލުތައް ހާމަކުރެއްވުން.

 

سورة الصافات

މުޝްރިކުން ﷲ އަށް ނިސްބަތްކޮށް އުޅޭ (އެކަށީގެންނުވާ) ކަންކަމުން އެއިލާހު ހުސްޠާހިރުވަންތަވެ ވޮޑިގެންވާކަން ހާމަކުރެއްވުން.

މަލާއިކަތުންނާއި ޖިންނީންނާމެދު އެބައިމީހުން ކުރާ ދަޢުވާތައް ބާޠިލުކުރެއްވުން.

 

سورة ص

ބާޠިލު ދަޢުވާތައް ބޭނުންކޮށްގެން ޖަދަލުކުރުމުގެ ނުބައިކަމާއި އެކަމުގެ ނިމުން ބަޔާންކުރެއްވުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم