[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 10

سورة الزمر

ތައުޙީދާއި އިޚްލާޞްތެރިކަމަށް ދަޢުވަތުދެއްވުމާއި ޝިރުކުކުރުން ދޫކޮށްލުމަށް ދަޢުވަތުދެއްވުން.

އާޚިރަތުގައި އެކަންކަމުގެ ނިމުން ބަޔާންކުރެއްވުން.

 

سورة غافر

ﷲގެ އާޔަތްތަކާމެދު ޖަދަލުކުރާމީހުންނަށް ހުރި މުޙާވަރާތަކާ އަދި އެފަދަ މީހުންނަށް ޙައްޤަށް ރުޖޫޢަވުމަށް ދަޢުވަތުދެއްވުން.

 

سورة فصلت

ޤުރުއާނާ ދެކޮޅުހަދާ މީހުންނަށް މަޑުމައިތިރިކަމާއެކު ކިޔައިދޭނޭ ގޮތް ބަޔާންކުރުން.

ޤުރުއާނަކީ ޙައްޤުކަން ބަޔާންކޮށްދެއްވުން.

ޤުރުއާނަށް ފުރަގަސް ދިނުމުގެ ނުބައިކަން ބަޔާންކުރުން.

 

سورة الشورى

ވަޙީގެ ޙަޤީޤަތާއި މުޙައްމަދު صلى الله عليه وسلم ގެ ރިސާލަތުގެ ޙަޤީޤަތް ބަޔާންކޮށްދެއްވުން.

އަދި އެއީ އިހުގެ ނަބީބޭކަލުންނަށް ބާވައިލެއްވި ވަޙީ ކަށަވަރުކޮށްދޭ ރިސާލަތެއްކަން ހާމަކޮށްދެއްވުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم