[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 11

سورة الزخرف

ކީރިތި ޤުރުއާނުގައިވާ ޞައްޙަ އަދި އަސާސީ ބިންގާތައް ބަޔާންކޮށްދެއްވުން.

ޖާހިލިއްޔަ ޒަމާނުގެ ނުބައި ތަޞައްވުރުތައް ނެތިކޮށްލުން.

 

سورة الدخان

ދުނިޔެއާއި އާޚިރަތުގެ ޢަޛާބު ބަޔާންކޮށްދެއްވުމުގެ ޛަރީޢާއިން، ފާރަވެރިވަމުން އަންނަ ޢަޛާބުގެ އިންޛާރު ދެއްވުން.

 

سورة الجاثية

ހަވާ ނަފްސަށް ތަބާވާ، ބޮޑާވުމުގެ ސަބަބުން ޙައްޤުގެ މަގުން އެއްކިބާވެފައިވާ މީހުންނަށް ފަރުވާކުރުން. އެއީ އާޔަތްތަކުގެ އަލީގައްޔާއި އާޚިރަތް ދުވަސް ހަނދުމަކޮށްދިނުމުގެ ޛަރީޢާއިންނެވެ.

 

سورة الأحقاف

ދޮގުކުރިމީހުންގެ މައްޗަށް ޙުއްޖަތް ޤާއިމުކޮށް، ޢަޛާބުގެ އިންޛާރުދިނުން. އެގޮތުން އިންޛާރުގެ ލަފްޒު ތަކުރާރު ކުރައްވާފައިވެއެވެ.

 

سورة محمد

(ޙައްޤަށް ނަޞްރު ދިނުމަށް) ހަނގުރާމަކުރުމަށް މުއުމިނުންނަށް ހިތްވަރުދެއްވުން. އެއީ މުއުމިނުންނަށް ގަދަކަންދެއްވާ، ކާފިރުން ނިކަމެތިކުރެއްވުމަށެވެ.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم