[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 12

سورة الفتح

ފަތަޙައާއި ބިމުގައި ގަދަކަން ދެއްވާނެކަމުގެ އިލާހީ ވަޢުދު ޛިކުރުކުރެއްވުން.

އެއީ އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم އާއި ދީނަށް ނަޞްރުދިނުމުގައި ތެދުވެރި މުއުމިނުންނަށް އޮތް ކަމެކެވެ.

 

سورة الحجرات

އިސްލާމީ މުޖުތަމަޢުގެ އަޚުލާޤު ބަޔާންކޮށްދެއްވުން.

އަދި ނުބައި އަޚުލާޤާމެދު އިންޛާރުކުރެއްވުން.

 

سورة ق

އަލުން ދިރުއްވުމާއި ޖަޒާދެއްވުމާއި އެކަމާ ގުޅުންހުރި ހެކިތަކުގެ ޛަރީޢާއިން ޣާފިލުވެފައިވާ ހިތްތައް ހޭލައްވައިލުން.

 

 

سورة الذاريات

ރިޒުޤުދެއްވަނީ ﷲ ތަޢާލާކަން ބަޔާންކުރެއްވުން. އެއީ އެއިލާހުގެ ޙަޟްރަތަށް މީސްތަކުން ރުޖޫޢަވެ އެއީލާހަށް އަޅުވެތިވުން ޙައްޤުގޮތުގައި އަޅުވެތިވުމަށެވެ.

 

 

سورة الطور

(ދީން) ދޮގުކުރާމީހުންގެ އޮޅުންތައް ބާޠިލުކުރެއްވުން. އެއީ ޙުއްޖަތްތަކާއި ބުރުހާނުތައް ދެއްކެވުމުގެ ޛަރީޢާއިންނެވެ. އަދި ބޯލަނގައި ކިޔަމަންވުމަށް ބާރުއަޅުއްވަމުންނެވެ.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم