سورة النجم
ވަޙީގެ ތެދުކަމާއި އޭގެ މަޞްދަރުގެ މަތިވެރިކަން ބަޔާންކުރެއްވުން.
ތައުޙީދުގެ ޢަޤީދާ ބަޔާންކުރެއްވުން.
ޝިރުކުގެ ޢަޤީދާ ބާޠިލުކުރެއްވުން.
سورة القمر
އާޔަތްތަކާއި އިންޛާރު ހަނދަމަ ކޮށްދިނުން. އަދި ދޮގުކުރާމީހުންގެ ނިމުން ބަޔާންކޮށްދެއްވުން. އެހެންކަމުން މިސޫރަތުގައި އަންނަނިވި އާޔަތް ތަކުރާރުކުރައްވާފައިވެއެވެ.
﴿وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ﴾
سورة الرحمن
ﷲ ތަޢާލާގެ މަތިވެރި ނިޢުމަތްތައް އަންގަވައިދެއްވުމާއި ދުނިޔެއާއި އާޚިރަތުގައިވާ އެއިލާހުގެ ފާޅުވެގެންވާ ރަޙްމަތުގެ އަޘަރުތައް ބަޔާންކޮށްދެއްވުން. އެއީ އީމާންވުމަށް ބާރުއެޅުއްވުމަށާއި ކާފިރުވުމަށް އިންޛާރުކުރެއްވުމުގެ ގޮތުންނެވެ.
سورة الواقعة
ޤިޔާމަތްދުވަހާމެދު ބިރުވެތިވުމަށް ބާރުއެޅުއްވުން.
އެއީ އަންނާނޭ ދުވަހެއްކަމުގެ ޔަޤީންކަން ދެއްވުން.
އެދުވަހުގައި މީސްތަކުން ބެހިގެންވާ ބައިތައް ބަޔާންކުރެއްވުން.
އެބައިމީހުންކުރެ ކޮންމެ ބަޔަކަށް ހުރި ޖަޒާ ބަޔާންކުރެއްވުން.
________________________
މަޞްދަރު: المختصر في تفسير القرآن الكريم