[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 14

سورة الحديد

ދަޢުވަތު ދިނުމާއި ޖިހާދުކުރުމަށް ބާރުއަޅާ އީމާންކަމާއި މާއްދިއްޔަތު ބިނާކުރުމަށް ގޮވާލުން. އަދި އެކަމާ ދެކޮޅުކަންކަމުން ނަފްސު ސަލާމަތްކުރުން. އެގޮތުން ހޭދަކުރުމާއި އީމާންކަމުގެ ވާހަކަ ތަކުރާރުކޮށް ޛިކުރު ކުރައްވާފައިވެއެވެ.

 

سورة المجادلة

ﷲ ތަޢާލާގެ ޝާމިލުވެގެންވާ ޢިލްމުފުޅު ހާމަކުރެއްވުން. އެއީ އެއިލާހު ބައްލަވާވޮޑިގެންވާކަމަށް ނަފްސު ތަރުބިއްޔަތުކުރުމަށާއި އެއިލާހާ ދެކޮޅުވެރިވުމާމެދު އިންޛާރުދެއްވުމަށެވެ.

 

سورة الحشر

ޔަހޫދީންނާއި މުނާފިޤުން ބަލިކުރެއްވުމުގައި ﷲ ތަޢާލާގެ ޢިއްޒަތްވަންތަކާއި ބާރުފުޅުގެ ގަދަކަން ހާމަކުރެއްވުން. އަދި އެބައިމީހުންގެ ބައިބައިވުން ހާމަކުރެއްވުން.

އަދި އެއާ ޚިލާފަށް މުއުމިނުންގެ އެކުވެރިކަން ހާމަކުރެއްވުން.

 

سورة الممتحنة

މުއުމިނުންގެ ހިތްތައް ސާފުކުރެއްވުން. އެއީ އިސްލާމް ދީން ފިޔަވާ އެހެން ދީނަކަށް މުއުމިނުންގެ ހިތުގައި ލޯތްބާއި ނަޞްރުދިނުމުގެ ރޫހު ނުވުމަށްޓަކައެވެ.

 

سورة الصف

ﷲގެ ދީނަށް ނަޞްރުދިނުމަށާއި އެއިލާހުގެ މަގުގައި ޖިހާދުކުރުމަށް މުއުމިނުންނަށް ހިތްވަރުދެއްވުން.
________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم