[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 15

سورة الجمعة

މަގުފުރެދުމެއްގެ ތެރޭގައި ވަނިކޮށް ރަސޫލާ صلى الله عليه وسلم މެދުވެރިކޮށް މިއުންމަތުގެ މީހުންނަށް ﷲ ތަޢާލާގެ ދަރުމަވަންތަކަމުން ހިދާޔަތުދެއްކެވިކަން ހާމަކުރެއްވުން.

އެކަލޭގެފާނަށް ކިޔަމަންގަތުމުގެ ލާޒިމުކަން ބަޔާންކުރެއްވުން.

ޔަހޫދީންނާ އެއްގޮތްވުމާމެދު އިންޛާރުދެއްވުން.

 

سورة المنافقون

މުނާފިޤުންނާއި އެބައިމީހުންގެ ޞިފަތައް ބަޔާންކުރެއްވުން.

އަދި އިސްލާމްދީނާއި މުސްލިމުންނާމެދު އެބައިމީހުން ދެކޭގޮތް ބަޔާންކުރެއްވުން.

އަދި އެބައިމީހުންގެ ނުރައްކާތެރިކަމާއި އެބައިމީހުންނާ ވައްތަރުވެގަތުމުގެ ނުރައްކާތެރިކަމަށް އިންޛާރުކުރެއްވުން.

 

سورة التغابن

ޤިޔާމަތްދުވަހު ކާފިރުންނަށް ހުރި ނިކަމެތިކަމާއި ގެއްލުމާއި ހަލާކުގެ ވާހަކަ ޛިކުރުކުރެއްވުމުގެ ޛަރީޢާއިން ކުފުރާއި އެކަމުގެ އަހުލުވެރިންނާމެދު ރައްކާތެރިވުމަށް އިންޛާރުކުރެއްވުން.

 

سورة الطلاق

ވަރިއާއި އެކަމުގެ ޙުކުމްތަކުގެ މަތިވެރިކަން ބަޔާންކުރެއްވުން.

ތަޤުވާވެރިކަމުގެ ހެޔޮ ނިމުން ބަޔާންކުރެއްވުން.

ﷲ ތަޢާލާގެ ޙައްދުތަކަށް ރައްކާތެރިވުމުގެ މުހިންމުކަން ބަޔާންކުރެއްވުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم