[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 16

سورة التحريم

ޢާއިލާތަކާއި މުޖުތަމަޢަށް ނަމޫނާއަކަށް ވުމަށްޓަކައި ނަބަވީ ގެކޮޅު ތަރުބިއްޔަތުކުރެއްވުން.

 

سورة الملك

ﷲ ތަޢާލާގެ ރަސްކަންފުޅާއި ޤުދުރަތްތެރިކަމުގެ ފުރިހަމަކަން ބަޔާންކުރެއްވުން. އެއީ އެއިލާހަށް ބިރުވެތިވުމަށް ގޮވާލުމަށާއި އެއިލާހުގެ ޢުޤޫބާތަށް ރައްކާތެރިވުމަށް އިންޛާރުދެއްވުމަށެވެ.

 

سورة القلم

ނަބިއްޔާ صلى الله عليه وسلم ގެ ޢިލްމުފުޅާއި ޚުލްޤުފުޅު ބަޔާންކުރެއްވުން. އެއީ މުޝްރިކުން އެކަލޭގެފާނާ ދެކޮޅުވެރިވުމުން އެކަލޭގެފާނަށް ބާރުދެއްވާ ނަޞްރުދެއްވުމުގެ ގޮތުންނެވެ.

 

سورة الحاقة

ޔަޤީނުންވެސް ޤިޔާމަތްވާނެކަން ހާމަކުރެއްވުން. އެއީ ޤުރުއާނުގެ ތެދުކަން ހާމަވާ ކަމެކެވެ. އަދި މުއުމިނުންނަށް ހުރި އުފާވެރިކަމުގެ ވަޢުދެކެވެ. އަދި ދޮގުކުޅަ މީހުންނަށް ހުރި ހިތާމައިގެ ވަޢީދެކެވެ.

 

سورة المعارج

ކާފިރުންނަށް ޢަޛާބު ދެއްވޭނެކަން ކަށަވަރުކޮށްދެއްވުން.

އަދި ޤިޔާމަތްދުވަސް ތެދުކުރާމީހުންނަށް ނިޢުމަތް ދެއްވޭނެކަން ކަށަވަރުކޮށްދެއްވުން.
________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم