سورة نوح
ދީނަށް ދަޢުވަތުދެއްވާ ބޭކަލުންގެ ކެތްތެރިކަމާއި ދަޢުވަތުދެއްވުމުގައި އެބޭކަލުން ކުރައްވާ ޖިހާދު ހާމަކުރެއްވުން. އެއީ މުއުމިނުންނަށް ޘާބިތުކަން ދެއްވުމަށެވެ. އަދި ދޮގުކުޅަ މީހުންނަށް އިންޛާރުކުރެއްވުމަށެވެ.
سورة الجن
ޖިންނީން ޤުރުއާނަށް އީމާންވިކަން ބަޔާންކޮށްދެއްވުމުގެ ޛަރީޢާއިން ޤުރުއާނަކީ ﷲ ތަޢާލާގެ ޙަޟްރަތުން ބާވައިލެއްވުނު އެއްޗެއްކަން ކަށަވަރުކޮށްދެއްވުން.
އަދި ޖިންނީންނާމެދު މުޝްރިކުންކުރާ ދަޢުވާތައް ބާޠިލުކުރެއްވުން.
سورة المزّمّل
ދަތި އުނދަގޫ ޙާލަތްތަކާއި ޙަޔާތުގައި ކުރިމަތިވާ މުޞީބާތްތަކުގައި، ދާޢީންގެ ރޫޙީ ކޮއްތު ޛިކުރުކުރެއްވުން.
އެއީ ނަބިއްޔާ صلى الله عليه وسلم އަށް ޘާބިތުކަން ދެއްވާ ދޮގުކުޅަ މީހުންނަށް ހުރި ވަޢީދު ބަޔާންކުރެއްވުމުންނެވެ.
سورة المدّثر
އިސްލާމްދީނަށް ދަޢުވަތު ދެއްވުމަށް ތެދުވެވަޑައިގެންނެވުމަށް އަމުރުކުރެއްވުން.
އަދި ދޮގުކުޅަ މީހުންނަށް ހުރި ވަޢީދު ބަޔާންކުރެއްވުން.
سورة القيامة
އިންސާނުން ޚަލްޤުކުރެއްވުމާއި އަލުން ދިރުއްވުމުގެ ޛަރީޢާއިން ﷲ ތަޢާލާގެ ޤުދުރަތްތެރިކަން ބަޔާންކުރެއްވުން.
________________________
މަޞްދަރު: المختصر في تفسير القرآن الكريم