سورة الإنسان
އިންސާނާގެ އަޞްލާއި ޚަލްޤުކުރެއްވުނު މަޤްޞަދާއި ދެދުނިޔޭގައިވެސް އޭނާގެ ނިމުން ހުރިގޮތް ހަނދާންކޮށްދެއްވުން.
ސުވަރުގޭގެ ނިޢުމަތްތައް ބަޔާންކޮށްދެއްވުން. އެއީ މުއުމިނުންނަށް ޘާބިތުކަންދެއްވާ ކާފިރުންނަށް (އިސްލާމްދީނަށް) ދަޢުވަތު ދެއްވުމަށެވެ.
سورة المرسلات
ޤިޔާމަތްދުވަސް ދޮގު ކުޅަ މީހުންގެ ދަޢުވާތަކާ ދެކޮޅަށް ހުރި ދަލީލުތައް ބަޔާންކޮށް އެދުވަސް ޘާބިތުކުރެއްވުން. އަދި އެފަދަ މީހުންނަށް އިންޛާރުދެއްވައި ވަޢީދުގެ ބަސްފުޅު ވަޙީކުރެއްވުން.
سورة النبأ
ދަލީލުތަކުގެ އަލީގައި ދިރުއްވުމާއި ޖަޒާދެއްވުން ޘާބިތުކުރެއްވުން.
سورة النازعات
ދޮގުކުރަމުން އައި ހިތްތަކަށް އަލުން ދިރުއްވުމާއި ޖަޒާދެއްވުމުގެ ވާހަކައިން އިންޛާރުދެއްވުން.
އެގޮތުން މިސޫރަތުގައި މަރާއި އަލުން ދިރުއްވުމާއި މަޙްޝަރު ބިމަށް އެއްކުރުއްވުމާއި ޤިޔާމަތުގެ ވާހަކަތައް ގެނެސްދެއްވާފައިވެއެވެ.
________________________
މަޞްދަރު: المختصر في تفسير القرآن الكريم