[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 19

سورة عبس

ޤުރުއާނުގައި ދަޢުވަތުދިނުމުގެ މަންހަޖު ބަޔާންކުރެއްވުން.

އަދި ޤުރުއާނުން ފައިދާ ޙާޞިލުކުރާ މީހުންގެ މާތްކަން ހާމަކުރެއްވުން.

އަދި އެއިން ފުރަގަސްދޭ މީހުންގެ ނިކަމެތިކަން ހާމަކުރެއްވުން.

 

سورة التكوير

ފުރިހަމަ ނިޒާމެއްގައި ހިނގަމުން ދިޔަ ކައުނު، ޤިޔާމަތް ދުވަހު ފަނާވުން.

 

سورة الإنفطار

ފުރިހަމަ ނިޒާމެއްގައި ތިބި މަޚްލޫޤުން، ޤިޔާމަތް ދުވަހު ވިއްސިވިހާލިވެ އެތަކެތީގެ ޙާލާއި މިސްރާބު ބަދަލުވުން.

 

سورة المطفّفين

އުޚްރަވީ ޙަޔާތުގައިވާ މީޒާންތަކާއި މަންޒިލުތަކުގައި މީސްތަކުންގެ ޙާލަތު ބަޔާންކުރެއްވުން.

އަދި އޭގެ ޛަރީޢާއިން މިނެކިރުމުގައި އުނިކުރާ މީހުންނާއި ދޮގުކުޅަ މީހުންނަށް އިންޛާރުދެއްވުން.

ނިކަމެތިވެފައިވާ މުއުމިނުންނަށް ތަސައްލީ ދެއްވުން.

 

سورة الإنشقاق

ﷲ ތަޢާލާގެ އަމުރުފުޅަށް ޤިޔާމަތް ދުވަހު ކައުނު ކިޔަމަންވާނެކަން ތަޞައްވަރުކޮށްދެއްވުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم