[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 20

سورة البروج

މުއުމިނުންނަށް ގެއްލުން ދިނުމަށް ރާވާ މީހުންނަށް ﷲ ތަޢާލާގެ ބާރުފުޅާއި ޢިލްމުފުޅުގެ ތަނަވަސްކަން ފާޅުކުރެއްވުން.

އަދި އެބައިމީހުންނަށް ހުރި ވަޢީދާ ގަދަފަދަ ޢަޛާބު އެންގެވުން.

 

سورة الطارق

ﷲ ތަޢާލާގެ ފުރިހަމަ ބެއްލެވުމާއި ކުޅަދުންވަންތަކަން ފާޅުކުރެއްވުން.

 

سورة الأعلى

އެންމެ މަތިވެރިވެވޮޑިގެންވާ އިލާހުގެ ދަރުމަވަންތަކަން މީސްތަކުންނަށް ހަނދުމަކޮށްދިނުން.

އަދި އުޚްރަވީ ޙަޔާތާއި އެކަމާ ހުރި ގުޅުން ހަނދުމަކޮށްދުން.

އަދި ދުނިޔެއާ ލާމެހުމުން މީސްތަކުން އެއްކިބާކުރުވުން.

 

سورة الغاشية

ނިޢުމަތްދެއްވުމާއި ޢަޛާބުދެއްވުމުގައި އިލާހީ ޤުދުރަތުގެ ހެކިތައް މީސްތަކުންނަށް ހަނދުމަކޮށްދެއްވުން.

ފެންނަން ހުރި ހެކިތަކުން އެކަމަށް ދަލީލުކޮށްދެއެވެ. އެއީ އޭގެ ސަބަބުން އުންމީދާއި ބިރުވެތިކަމުން ނަފްސުތައް ފުރިގެން ދިޔުމަށްޓަކައެވެ.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم