[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 21

سورة الفجر

ކައުނުގައްޔާއި އިންސާނާގެ ކިބައިގައިވާ އިލާހީ މަތިވެރިކަމާއި ޤުދުރަތުގެ ހެކިތައް ހާމަކުރެއްވުން.

އަދި އަމިއްލަ ނަފްސު ފެނިފައި ތިބި މީހުންގެ ނިމުން އަންނަ ގޮތް ބަޔާންކޮށްދެއްވުން.

 

سورة البلد

ކުފުރުގެ އުނދަގުލާ ޢަޛާބާއި، ރަޙްމަތާއި އީމާންކަމުގެ ހަރުފަތްތަކުގެ ދެމެދުގައި، ދެދުނިޔޭގައިވެސް އިންސާނާގެ ޙާލަތު ބަޔާންކުރެއްވުން.

 

سورة الشمس

މިސޫރަތުގައި މައިގަނޑު ގޮތެއްގައިވަނީ އުދަރެހާއި ނަފްސުތަކާއި އެއަށްމެދުވެރިވާ ޙާލަތްތަކުގައި، ﷲ ތަޢާލާގެ ހެކިތަކާއި ނިޢުމަތްތައް ފާޅުކުރެއްވުން. އެއީ ނަފްސުތައް ޠާހިރުކުރެއްވުމަށްޓަކައެވެ. އަދި ފާފަތަކާ ދުރުހެލިކުރެއްވުމަށްޓަކައެވެ.

 

سورة الليل

ހެކިތަކާއި ނަފްސުތަކާއި އެނަފްސުތައް ކުރާ ޢަމަލުތަކުގައިވާ ތަފާތުތައް ބަޔާންކުރެއްވުން. އެއީ މުއުމިނުންނާއި ކާފިރުންގެ ދެމެދުގައިވާ ފަރަޤު ބަޔާންކުރެއްވުމަށެވެ.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم