[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 22

سورة الضحى

ﷲ ތަޢާލާގެ ނަބިއްޔާ صلى الله عليه وسلم އަށް އެއިލާހު ދެއްވި ރިޢާޔަތު ހާމަކުރެއްވުން.

އަދި އެއިލާހުގެ ދަރުމަވަންތަކަމުން އެކަލޭގެފާނަށް ވަޙީ ބާވައިލައްވައި ދާއިމަށް އެކަމުގެ ނިޢުމަތް ދެއްވުން. އެއީ އެކަލޭގެފާނަށް ހުރި ތަސައްލީއެއްގެ ގޮތުގައެވެ. އަދި ޝުކުރުވެރިވުމަށް މުއުމިނުންނަށް ހަނދުމަކޮށްދެއްވުމަށެވެ.

 

سورة الشرح

ނަބިއްޔާ صلى الله عليه وسلم އަށް ހުރި ﷲ ތަޢާލާގެ ދަރުމަވަންތަކަން އެއިލާހު ފުރިހަމަކުރެއްވިކަން ބަޔާންކުރެއްވުން. އެއީ އެކަލޭގެފާނުގެ ކަންބޮޑުވުންތަކާއި ދަތިތަކާއި އުނދަގޫތައް ފިލުއްވުމުގެ ޛަރީޢާއިންނެވެ. އަދި އެކަން ލާޒިމުކުރާ ކަންކަމުންވެސް މެއެވެ.

 

سورة التين

އިންސާނާގެ އަގާއި ޝަރުފުވަނީ އިސްލާމްދީނުގައި ހިފެހެއްޓުމުންކަން ބަޔާންކުރުން.

އަދި އޭނާ ނިކަމެތިވެގެންދަނީ އެއާ ދުރަށް ދިޔުމުންކަމުގައި ބަޔާންކުރުން.

ވަޙީބާވައިލެއްވުނު ރަށްތައް ގަންދެއްވައި އެއިލާހު ބަސްވަޙީކުރައްވާފައިވަނީ އެހެންވެއެވެ.

 

سورة العلق

އިންސާނާގެ ފުރިހަމަކަންވަނީ ޢިލްމާއި ވަޙީގެ ޛަރީޢާއިންކަން ހާމަކުރެއްވުން. އެއީ އަޅާ އޭނާގެ ރައްބާ ގުޅުވައިދޭ ވަސީލަތެވެ. އަދި އެއިލާހަށް ބޯލަނބާ ކިޔަމަންކުރުވާ ވަސީލަތްވެސްމެއެވެ. އޭނާއަށް އުނިކަންވަނީ އެއާ ދެކޮޅުވެރިވުމުންނެވެ.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم