[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 23

سورة القدر

ލައިލަތުލް ޤަދްރީގެ މަތިވެރިކަމާއި މާތްކަމާއި އެރޭ ކީރިތި ޤުރުއާން ބާވައިލެއްވުނުކަން ބަޔާންކުރެއްވުން.

 

سورة البينة

ރަސޫލާ صلى الله عليه وسلم ގެ ރިސާލަތުގެ ޤަދަރު ބަޔާންކުރެއްވުން.

އަދި އޭގެ ސާފުކަމާއި ފުރިހަމަކަން ބަޔާންކުރެއްވުން.

 

سورة الزلزلة

ޣާފިލުވެފައިވާ ހިތްތައް ހުޅުވާލުން.

ޔަޤީނުންވެސް ޙިސާބު ބެއްލެވޭނެކަމާއި ޢަމަލުތައް ވަރަށް ފުރިހަމައަށް ޢަދަދުކުރެވޭނެކަން ބަޔާންކުރެއްވުން.

 

سورة العاديات

ދުނިޔަވީ ކަންކަމަށް ސަމާލުކަން ދިނުމުގައި އިންސާނާގެ ކިބައިގައިވާ ސިފަތައް ބަޔާންކުރެއްވުން. އެއީ އޭނާގެ ނިމުން ހަނދުމަކޮށްދިނުމަށްޓަކައެވެ. އަދި އޭނާގެ މިސްރާބު ރަނގަޅުކުރުމަށް ބާރު އެޅުއްވުމަށްޓަކައެވެ.

 

سورة القارعة

ޤިޔާމަތްދުވަހުގެ ބިރުވެރިކަމަށް ހިތްތައް ހުޅުވާލުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم