[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 24

سورة التكاثر

ދުނިޔެއާމެދު މަޝްޣޫލުވާ މީހުންނަށް މަރާއި ޙިސާބު ބެއްލެވުން ހަނދުމަކޮށްދެއްވުން.

 

سورة العصر

ޙަޔާތުގައިވާ ފައިދާއާ ގެއްލުމުގެ ޙަޤީޤަތް ބަޔާންކުރެއްވުން.

އަދި އިންސާނާގެ ދިރިއުޅުމުގައި ވަގުތުގެ މުހިންމުކަން ބަޔާންކުރެއްވުން.

 

سورة الهمزة

އިސްލާމްދީނާއި އެދީނުގެ އަހުލުވެރިންނަށް ފުރައްސާރަކުރާ މީހުންނަށް ހުރި ވަޢީދު ބަޔާންކުރެއްވުން.

 

سورة الفيل

ޙުރުމަތްތެރިވެގެންވާ ގެފުޅު ޙިމާޔަތް ކުރެއްވުމުގައި ﷲ ތަޢާލާ ކުޅަދުންވަންތަވެވޮޑިގެންވާކަން ފާޅުކުރެއްވުން. އެއީ ހަނދުމަކޮށްދެއްވުމަށާއި އެއިލާހުގެ ދަރުމަވަންތަކަން ހާމަކުރެއްވުމަށެވެ.

 

سورة قريش

ޤުރައިޝުންނަށް ހުރި ﷲ ތަޢާލާގެ ދަރުމަވަންތަކަން ހާމަކުރެއްވުމާއި އެކަމާ ގުޅޭގޮތުން އެބައިމީހުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތް ބަޔާންކުރެއްވުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم