[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 25

سورة الماعون

އިސްލާމްދީނާއި އާޚިރަތް ދުވަހަށް އިންކާރުކުރާ މީހުންގެ އަޚްލާޤު ހުންނަގޮތް ބަޔާންކުރެއްވުން. އެއީ މުއުމިނުންނަށް އެކަމުން ރައްކާތެރިވުމަށް އިންޛާރުދެއްވައި އަދި ކާފިރުންނަށް ހުރި ހުތުރުކަން ބަޔާންކުރެއްވުމަށެވެ.

 

سورة الكوثر

ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ހުރި ﷲ ތަޢާލާގެ ދަރުމަވަންތަކަން ބަޔާންކުރެއްވުން.

އަދި އެކަލޭގެފާނު ދެކެ ރުޅި އަންނަ މީހުން ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާކަން ބަޔާންކުރެއްވުން.

 

سورة الكافرون

އަޅުކަމުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުމާއި ޝިރުކުން ބަރީޢަވުމުގެ ޢަޤީދާ ބަޔާންކުރެއްވުން.

އިސްލާމްދީނާއި ޝިރުކާ ދެމެދު ހުރި ސާފު ފަރަޤު ބަޔާންކުރެއްވުން.

 

سورة النصر

އިސްލާމްދީނަށް އާޚިރުގައި ނަޞްރާއި ފަތަޙަ ލިބޭނެކަން ބަޔާންކުރެއްވުން.

އަދި އެކަން ލިބުމުން ޢަމަލުކުރަންވީ ގޮތް ބަޔާންކުރެއްވުން.

ނަބިއްޔާ صلى الله عليه وسلم ގެ އަޖަލު ގާތްވެއްޖެކަން ހާމަކުރެއްވުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم