[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 26

سورة المسد

ﷲއަށް ކާފިރުވުމުން ނަސަބާއި ޖާހުން ފައިދާ ނުކުރާނެކަން ބަޔާންކުރެއްވުން.

 

سورة الإخلاص

ފުރިހަމަކަމާއި އިލާހުވަންތަކަމުގައި ﷲ ތަޢާލާގެ އެއްކައުވަންތަކަން ހާމަކުރެއްވުން.

އަދި ހުރިހާ އުނިކަމަކުން އެއިލާހު ހުސްޠާހިރުވެވޮޑިގެންވާކަން ބަޔާންކުރެއްވުން.

 

سورة الفلق

ފާޅުވެގެންވާ ނުބައިކަމުން، ޙިމާޔަތްކޮށްދެއްވައި ރައްކާތެރިކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދެންނެވުން.

 

سورة النّاس

ވަންހަނާވެގެންވާ ނުބައިކަމުންނާއި ޝައިޠާނާގެ ނުބައިކަމާއި ވަސްވާހުން، ޙިމާޔަތްކޮށްދެއްވައި ރައްކާތެރިކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދެންނެވުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

މަޞްދަރު: المختصر في تفسير القرآن الكريم