[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަބޫ ބަކްރާ رضي الله عنه ގެ މާތްކަން – 1

އަބޫ ބަކްރާގެ ނަންފުޅަކީ: نفيع بن الحارث އެވެ. ابن مسروح الثقفي ކަމުގައިވެސް ބުނެވެއެވެ. އެކަލޭގެފާނު މަޝްހޫރުވެފައިވަނީ އަބޫ ބަކްރާގެ ނަންފުޅުންނެވެ. އެކަލޭގެފާނަކީ ކުރީގައި އަޅެކެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނު މިނިވަންކުރައްވާފައެވެ. އެކަލޭގެފާނު އަވަހާރަވީ މުޢާވިޔާ رضي الله عنه ގެ ޚިލާފަތުގެ ދުވަސްވަރުގައި، ހިޖުރައިން 52 ވަނަ އަހަރުއެވެ.

ޞަހާބީ ބޭކަލުންނަށް ޘަނާގެ ބަސް ރައްދުވާ ކޮންމެ ފަހަރެއްގައި އެކަލޭގެފާނުވެސް އެކަމުގައި ޝާމިލުވެއެވެ. އަދި ވަކިން ޚާއްޞަކޮށް އެކަލޭގެފާނާ ބެހޭގޮތުން ޘަނާގެ ބަސްފުޅުތަކެއް ޢިލްމުވެރިންގެ އަރިހުން އައިސްފައިވެއެވެ.

– އަލްޙަޞަނުލް ބަޞްރީ رحمه الله ވިދާޅުވިއެވެ.

“ބަޞަރާއަށް އައިސް އެތަނުގައި ދިރިއުޅުއްވި ބޭކަލުންގެ ތެރެއިން އެންމެ މާތް ބޭކަލުންނަކީ ޢިމްރާނު ބުން ޙުޞައިނާއި އަބޫ ބަކްރާއެވެ.” (الاستيعاب مع الإصابة 4/24).

– އަބޫ ސަލަމާ، މޫސާ ބުން އިސްމާޢީލު އައްތަބޫޛަކީ رحمه الله ވިދާޅުވިއެވެ.

“ޢިމްރާނު ބުން ޙުޞައިނަށް ފަހު ބަޞަރާގައި އުޅުއްވި އެންމެ މާތް ބޭކަލަކީ އަބޫ ބަކްރާއެވެ. ޙައްޤުބަސް ވިދާޅުވުމުގައި ޢިމްރާނު ބުން ޙުޞައިނަށް ވުރެވެސް ކުރީގައި އެކަލޭގެފާނު ހުންނެވިއެވެ.” (ذكره علاء الدين مغلطاي في إكمال تهذيب الكمال 12/76).

= ނުނިމޭ =

______________________

މަޞްދަރު: الدفاع عن الصحابي أبي بكرة – رضي الله عنه – ومروياته، والاستدلال لمنع ولاية النساء على الرجال للشيخ عبدالمحسن العباد – حفظه الله –

 

މިލިޔުމުގެ އެހެންބައިތައް