[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: سورة الجن

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع

ޖިންނީންނަކީވެސް އިންސީން ފަދައިން ތަކުލީފު ލިބިގެންވާ ބައެއްކަން ބަޔާންވެގެންވުން

 

ސޫރަތުގައިވާ މުހިއްމު ނުކުތާތައް

ބައެއް ޖިންނި ކީރިތި ޤުރުއާނަށް އީމާންވާކަން

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުމަށް ފަހު ޖިންނީންގެ ޙާލަތު ހުރިގޮތް ބަޔާންވެފައިވޭ

މާތްﷲއަށް މެނުވީ އިތުރު އެހެން ފަރާތަކަށް ޣައިބުގެ ޢިލްމު އެނގިގެންނުވާކަން ބަޔާންކުރައްވާފައިވޭ

 

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

މި ސޫރަތުގެ 1 ވަނަ އާޔަތުން ފެށިގެން 5 ވަނަ އާޔަތުގެ ނިޔަލަށް ބަޔާންވެގެންވާ ގޮތުގައި އިސްލާމްދީން ބާއްވައިލެއްވިގެންވަނީ އެންމެހާ ޢާލަމްތަކެއް ޝާމިލުވާގޮތަށެވެ. އެއީ އެންމެހާ ޤައުމުތަކާއި އިންސީންނާއި ޖިންނީންވެސް ޝާމިލުވާ ގޮތަށެވެ.

ޖިންނީންގެ އެހީ ހޯދުމަކީ އެކަމުގައި ވަރަށް ބޮޑު ފަސާދައެއް އެކުލެވިގެންވާކަމެކެވެ. (6 ވަނަ އާޔަތް)

ﷲ ތަޢާލާއާ ބެހޭގޮތުން ވާހަކަ ދައްކާއިރު އަދަބުވެރިވުމަކީ ލާޒިމުކަމެކެވެ. (10 ވަނަ އާޔަތް)

__________________________

މަޞްދަރު: أول مرة أتدبر القرآن

ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް