ބޮޑެތި ފާފަތަކާއި ގުޅޭ ފޮތް
ﷲ ތަޢާލާގެ ވަޙީބަސްފުޅެއްގައިވެއެވެ.
(إِن تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ)[1]
މާނަ: “ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަންއިލާހު ފުއްސަވާ ހުށީމެވެ.”
އަދިވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅެއްގައިވެއެވެ.
) الَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ إِلَّا اللَّمَمَ([2]
މާނަ: “އެއުރެންނީ، ކުދި ފާފަތައް ފިޔަވައި، ބޮޑު ފާފަތަކާއި، فاحش ކަންތަކުން ދުރުވެގަންނަ މީހުންނެވެ.”
روي ابن جرير[3] عن ابن عباس رضي الله عنهما قال: “الكبائر كل ذنب ختمه الله بنار أو لعنة أو غضب أو عذاب”
މާނަ: އިބްނު ޖަރީރް، އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ބޮޑެތި ފާފައަކީ، އެ ފާފައަކަށް، ﷲ ތަޢާލާ ނަރަކައިގެ ވަޢީދު އައިސްފައިވާ ކޮންމެ ފާފައެކެވެ. އަދި އެކަލާނގެ ލަޢުނަތާއި، ކޯފާ އަދި ޢަޛާބުގެ ވަޢީދު އައިސްފައިވާ ކޮންމެ ފާފައެކެވެ.”
وله[4] عنه، قال: “هي إلى سبع مئة أقرب منها إلى السبع، غير أنه لا كبيرة مع الإستغفار، ولا صغيرة مع الإصرار”
މާނަ: އަދިވެސް އިބްނު ޖަރީރް، އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “(އޭގެ ޢަދަދު ގާތީ) ހަތް ފާފައަށް ވުރެ ހަތްސަތޭކަ ފާފައާއެވެ. އިސްތިޣްފާރުކުރުމުން (ﷲ ތަޢާލާގެ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށް ދެންނެވުމުން) ބޮޑެތި ފާފަތައް ފުހެވިގެން ދެއެވެ. އަދި ފާފައިގެ މަތީގައި ދެމިހުރެއްޖެނަމަ ކުދި ފާފަތައް ބޮޑެތި ފާފަތަކަށް ބަދަލުވެއެވެ.”
ولعبد الرزاق[5] عنه: “هي إلى سبعين أقرب منها إلى السبع”
މާނަ: ޢަބްދުއް ރައްޒާޤު އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. “ބޮޑެތި ފާފަތަކުގެ ޢަދަދު ގާތީ ހަތް ފާފައަށް ވުރެ ހަތްދިހަ ފާފައާއެވެ.”
އެންމެ ބޮޑެތި ފާފަތައް ނަންގަނެވުނު ބާބު
في الصحيحين عن أبي بَكرة رضي الله عنه قال: قال رسول الله ﷺ: ((ألا أنبئكم بأكبر الكبائر؟)) قلنا: بلى يا رسول الله، قال: ((الإشراك بالله، وعقوق الوالدين)) ، وكان متكئا فجلس، فقال: ((ألا وقول الزور وشهادة الزور))، فما زال يكررها حتى قلنا: ليته سكت. [6]
މާނަ: ބުޚާރީ އާއި މުސްލިމުގައި އަބީ ބަކްރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް، އެންމެ ބޮޑެތިފާފަތަކުގެ ވާހަކަ ބަޔާންކޮށްދެއްވަން ހެއްޔެވެ.” ތިމަންބޭކަނލުން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އާދެހެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “(އެއީ) ﷲއަށް ޝަރީކުކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ.” އެކަލޭގެފާނު ހުންނެވީ ތަނެއްގައި ލެނގިލައްވައިގެންނެވެ. ދެން އެއަށްފަހު އިށީނދެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. ”ދަންނާށެވެ! އަދި ދޮގުވާހަކަ ދެއްކުމެވެ. ދަންނާށެވެ! އަދި ދޮގުހެކި ދިނުމެވެ.” އެކަލޭގެފާނު މި ކަލިމަ ޙަދީޘްކުރެއްވުން ހުއްޓަވައި ލައްވާނެ ނަމައޭ ތިމަންމެންގެ ހިތަށް އަރައްޖެއުމަށް ދާންދެން އެކަލޭގެފާނު މިފަދައިން ތަކުރާރުކުރެއްވިއެވެ.
________________________
މަޞްދަރު: الكبائر لمحمد بن عبدالوهاب
[1]31 النساء
[2]32 النجم
[3] (أخرجه: البخاري (5640)، ومسلم (2572
[4] (أخرجه: الطبري في تفسيره (41/5
[5] (أخرجه: عبد الرزاق في مصنفه ( 19702
[6] أخرجه: البخاري (2654)، ومسلم 143 – (87)