[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބޮޑެތި ފާފަތައް 2

ބޮޑެތި ފާފަތަކުގެ ތެރެއިން ހިތާއި ގުޅޭ ބާބު

 

عن أبي هريرة قال: قال رسول الله -صلى الله عليه وسلم- ((إِنَّ اللهَ لَا يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ)) [1]

މާނަ: އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞޫރައަށާއި ތިޔަބައިމީހުންގެ މުދަލަށް ﷲ ތަޢާލާ ބައްލަވާ ވޮޑިގެންނުވެއެވެ. އެހެނަސް އެއިލާހު ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ.”

عَنِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا مرفوعا: ((أَلَا وَإِنَّ فِي الْجَسَدِ مُضْغَةً، إِذَا صَلَحَتْ، صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ، فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ))[2]

މާނަ: އެދެބަފައިކަލުންނަށް ﷲ ރުއްސުންލެއްވި ނުޢުމާނު ބުން ބަޝީރު، ރަސޫލާ صلى الله عليه وسلم ގެ އަރިހުން ރިވާކުރެއްވިއެވެ. ”އަދި ދަންނާށެވެ. އިންސާނާގެ ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެ މަސްކޮޅު އިސްލާޙުވެއްޖެނަމަ، މުޅިހަށިގަނޑު އިސްލާޙުވެއެވެ. އަދި އެ މަސްކޮޅު ފަސާދަވެއްޖެނަމަ، މުޅިހަށިގަނޑު ފަސާދަވެއެވެ. ދަންނާށެވެ. އެއީ ހިތެވެ.”

 

 

ބޮޑެތި ފާފަތަކުގެ ތެރެއިން ކިބުރުވެރިކަމާއި ގުޅޭ ބާބު

 

ﷲ ތަޢާލާގެ ވަޙީބަސްފުޅެއްގައިވެއެވެ.

(إِنَّ اللَّـهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا)[3]

މާނަ: “ހަމަކަށަވަރުން ތިމާގެ މޮޅުކަން ތިމާއަށް ފެނި، ބޮޑާވެގެން އުޅޭ މީހަކު ކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.”

އަދިވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅެއްގައިވެއެވެ.

(إِنَّ اللَّـهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ)[4]

މާނަ: “ހަމަކަށަވަރުން ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.”

އަދިވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅެއްގައިވެއެވެ.

(فَلَبِئْسَ مَثْوَى الْمُتَكَبِّرِينَ)[5]

މާނަ: “ފަހެ، (އެއީ) ކިބުރުވެރިވެގެންވާ މީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ!”

عن عبدالله بن مسعودٍ، عن النبي صلى الله عليه وسلم قال: ((لَا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ))، قَالَ رَجُلٌ: إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً، قَالَ: ((إِنَّ اللهَ جَمِيلٌ يُحِبُّ الْجَمَالَ، الْكِبْرُ بَطَرُ الْحَقِّ، وَغَمْطُ النَّاسِ))[6]

މާނަ: ޢަބްދުﷲ ބުން މަސްޢޫދު، ރަސޫލާ صلى الله عليه وسلم ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”އޭނާގެ ހިތުގައި ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރުވާ މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ.” އެހިނދު މީހަކު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން މީހަކު އޭނާގެ ފޭރާމަކީ ރިވެތި ފޭރާމެއް ކަމުގައިވުމަށް ލޯބިކުރެއެވެ. އަދި އޭނާގެ ފައިވާނަކީ ރިވެތި ފައިވާނެއް ކަމުގައިވުމަށްވެސް ލޯބިކުރެއެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ އީ ރިވެތި ފަރާތެކެވެ. އަދި ރިވެތިކަމަށް ލޯބިވެވޮޑިގެންވެއެވެ. ކިބުރުވެރިކަމަކީ ޙައްޤަށް އިންކާރު ކުރުމެވެ. އަދި މީސްތަކުންނަކީ ނިކަމެތި ބަޔެއްކަމުގައި ދެކުމެވެ.”

وروى البخاري عن حارثة بن وهب رضي الله عنه أن رسول الله ﷺ قال: ((أَلاَ أُخْبِرُكُمْ بِأَهْلِ النَّارِ: كُلُّ عُتُلٍّ، جَوَّاظٍ مُسْتَكْبِرٍ(( [7]

މާނަ: ޙާރިޘަތު ބުން ވަހުބު رضي الله عنه އަރިހުން ބުޚާރީ ރިވާކުރެއްވިއެވެ. ރަސޫލުﷲ ޙަދީޘް ކުރެއްވިއެވެ. “ނަރަކައިގެ އަހުލުވެރިންނާމެދު ތިޔަބޭކަލުންނަށް ޚަބަރު ނުދެއްވަންތޯއެވެ؟ އެއީ ހިތްހަރު ދޫނުބައި، މީސްތަކުންނަށް ހެޔޮ ނުފޯރުވާ، ބޮޑާވެރި ކޮންމެ މީހެކެވެ.”

العتل: އަކީ އަޚްލާޤު ނުބައި އަދި ނުބައިކަންކަމަށް އަވަސްވެގަންނަ މީހާއެވެ.

الجواظ: ބުނެވެނީ ކިބުރުވެރިކަމުގައި ޙައްދުފަހަނައެޅުމަށެވެ. އަދިވެސް ބުނެވެއެވެ. (އެއީ) މުދާއެއްކޮށް، އެމުދާ ހޭދަކުރުމުން މަނާވެގަންނަ މީހާއެވެ.

بطر الحق: ޙައްޤު (އެމީހެއްގެ) ކައިރިއަށް އައިސްފިނަމަ، އެއަށް ފުރަގަސްދިނުމެވެ.

غمط الناس: މީސްތަކުންނާއި މެދު ނިކަމެތިކޮށް ހިތުން. އަދި މީސްތަކުންނާއި މެދު އިހާނާތްތެރިކޮށް ހިތުމެވެ.

ولأحمد وصححه ابن حبان من حديث أبي سعيد رضي الله عنه: ((مَنْ تَوَاضَعَ للهِ دَرَجَةً رَفَعَهُ اللهُ دَرَجَةً حَتَّى يَجْعَلَهُ فِي أَعْلَى عِلِّيِّيْنَ، وَمَنْ تكَبَّرَ عَلَى اللهِ دَرَجَةً وَضَعَهُ اللهُ دَرَجَةً حَتَّى يَجْعَلَهُ فِي أَسْفَلِ السَّافِلِيْنَ)) [8]

މާނަ: އަޙުމަދުގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޙިއްބާން ވަނީ އަބީ ސަޢީދު رضي الله عنه ގެ މިޙަދީޘް ސައްޙަކުރައްވާފައެވެ.

”ދަރަޖައެއްގެ މިންވަރަށް ތަވާޟުޢުވެރިވެއްޖެ މީހާއަށް، ތަވާޟުޢުވެރިވުމުގެ ދަރަޖައިގެ ސަބަބުން، ދަރަޖައެއްގެ މިންވަރަށް، ﷲ ތަޢާލާ އޭނާ އުފުއްލަވާހުށްޓެވެ. (އެއީ) އޭނާ ޢިއްލިޔީންގެ އެންމެ މަތީގައި ވުމަށް ދާންދެނެވެ. ދަރަޖައެއްގެ މިންވަރަށް، ﷲ ތަޢާލާއަށް ކިބުރުވެރިވެއްޖެ މީހާ، ކިބުރުވެރިވުމުގެ ދަރަޖައިގެ ސަބަބުން، ދަރަޖައެއްގެ މިންވަރަށް ﷲ ތަޢާލާ، އޭނާ ދަށްކުރައްވާހުށްޓެވެ. (އެއީ) އޭނާ (ނަރަކައިގެ) އެންމެ އަޑީގައި ވުމަށް ދާންދެނެވެ.”

[މިއީ ޞައްޙަ ޙަދީޘެއް ނޫން – ބައްލަވާ: ضعفه الألباني في ضعيف الترغيب والترهيب برقم 1733]

وللطبراني[9] عن ابن عمر رضي الله عنه رفعه: ((إِيَّاكُمْ وَالْكِبْرَ، فَإِنَّ الْكِبَرَ يَكُونُ فِي الرَّجُلِ وَإِنَّ عَلَيْهِ الْعَبَاءَةَ)) رواته ثقات

މާނަ: ޠަބަރާނީ، އިބްނު ޢުމަރު رضي الله عنه ގެ ކިބައިން ގެނެސްފައިވެއެވެ. ”ކިބުރުވެރިކަމާއި މެދު ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ، މީހެއްގެ ކިބައިގައި ކިބުރުވެރިކަން ވާނަމަ، އެމީހެއްގެ މައްޗަށް ފަޤީރުކަން )ގަދަވާހުށްޓެވެ(.”

[މިއީ ޞައްޙަ ޙަދީޘެއް ނޫން – ބައްލަވާ: ضعفه الألباني في ضعيف الترغيب والترهيب برقم 1737]

________________________

މަޞްދަރު: الكبائر لمحمد بن عبدالوهاب

 

މިލިޔުމުގެ އެހެންބައިތައް

 

[1])    أخرجه مسلم (2564

[2] أخرجه مسلم (1599)

[3] 36 النساء

[4] 18 لقمان

[5] 29 النحل

[6] (أخرجه مسلم (91

[7] (أخرجه البخاري (4918

[8] (أخرجه أحمد (11724)، وابن حبان في صحيحه (5678

[9] (أخرجه الطبراني في الأوسط (543