[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞާލިޙުގެފާނުގެ ވާހަކަ – 1

  • ޢާދުބާގައިގެ ފަހުން

 

ޢާދުބާގައިގެ ފަހުން ޘަމޫދުބާގައިގެ މީހުން އައެވެ. (އެއީ) ނޫޙުގެފާނުގެ އުންމަތަށްފަހު ޢާދުބާގައިގެ މީހުން އައި ފަދައިންނެވެ. ޘަމޫދުބާގައިގެ މީހުން ދިރިއުޅުނީ، ނުހަނު ފެހިކަންގަދަ ރީތި ބިމެއްގައެވެ. އެ ބިމުގައި ބަގީޗާތަކާއި ކޯރުތައް ހުށްޓެވެ.

ޢާދުބާގައިގެ މީހުން ފަދައިން ޘަމޫދުބާގައިގެ މީހުންނަކީ ވެސް، ޢިމާރަތްކުރުމާއި، ދަނޑުވެރިކަން ކުރަމުން ދިޔަ ބަޔެކެވެ. ވަރަށް ގިނަ ބަގީޗާތައް އެމީހުންނަށް ލިބިގެންވިއެވެ.

ބުއްދި އާއި ޢިމާރާތްކުރުމުގެ ރޮގުން އެމީހުންނަކީ ކުރިއަރާފައިވާ ބަޔެކެވެ. ފަރުބަދަތައް ކަނޑައި ކޮށައިގެން، ނުހަނު ރީތި ތަނަވަސް ގެތައް އެމީހުން ހެދިއެވެ. އަދި ހިލަތަކުގައި އެކި ކުލަތަކުން ނުހަނު ރީތި ކުރެހުންތައް ކަނޑައި ނެގިއެވެ.

ހިލަތައް މަޑުކޮށްލައި، ތަފާތު ގޮތްގޮތަށް އެއްޗެހި ހަދަމުންދިޔައެވެ. އެމީހުން ދިރިއުޅުނު ރަށަށް އިންސާނަކު ވަދެއްޖެނަމަ، ޢަޖައިބުކުރަނިވި ކަންތައްތައް ފެނުނީހެވެ. ފަރުބަދަތައް ފަދަ (އުސް) ވަރުގަދަ ކިއްލާތައް ފެންނާނެއެވެ. އެކިއްލާތަކުގެ ފާރުތަކުގައި ކަނޑާނަގާފައިހުރި މާމެލާމެއްޔަށް ބަލައިފިނަމަ، ރަބީޢު މޫސުން އައިސްގެންއުޅޭ ފަދައެވެ.

އުޑުންނާއި ބިމުން، ﷲ ތަޢާލާ އެމީހުންގެ މައްޗަށް ބަރަކާތުގެ ދޮރުތައް ހުޅުއްވައިދެއްވިއެވެ. ޘަމޫދުބާގައިގެ މީހުންނަށް ހުރިހާ ހެޔޮކަމެއް ދޮރުތައް ﷲ ތަޢާލާ ހުޅުއްވައިދެއްވިއެވެ.

އުޑުން އެމީހުންގެ މައްޗަށް، ﷲ ތަޢާލާ ވާރޭ ވެއްސަވައިދެއްވައެވެ. އަދި ބިމުން ތަފާތު ވައްތަރުގެ ގަސްގަހާގެއްސާއި، މާމެލާމެލި ނެރުއްވައިދެއްވިއެވެ. ބަގީޗާތަކުން މޭވާތައް ނެރުވައިދެއްވިއެވެ. އެމީހުންގެ އުމުރުގައްޔާއި، ރިޒުޤުގައި ﷲ ތަޢާލާ ބަރަކާތް ލެއްވިއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް